ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުން ދޮގު ހަބަރު ފަތުރާތީ މައްސަލަތައް ބެލޭނެ އުސޫލެއް ހަދަނީ
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ “ކުރުސީ.ކޮމް” އާއި “ދިޔަވަރު.ކޮމް” އާއި “ދޮންއަމާ.ކޮމް” ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގަ...