މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ތިން މެމްބަރަކު އިންތިހާބުކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ވޯޓުލުމުގައި އެމްއެމްސީ އަށް އިންތިހާބުކޮށްފައިވަނީ މީޑިއާތައް ތަމްސީލު ކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ދެ މެމްބަރުންނެވެ.

Ad
rt

އެގޮތުން މީޑިއާތަކުން އިންތިހާބު ކާމިޔާބުކުރީ ޚަބަރު އޮންލައިންގެ އާދަމް އަަލީ އެވެ. އޭނާއަށް 64 ވޯޓު ލިބިފައި ވެއެވެ. އާންމުންގެ ފަރާތުން އިންތިހާބުވެފައިވަނީ ޖައިލަމް ތައުފީގާއި އަލީ އިސްމާއިލް އެވެ.

މީގެ ތެރެއިން ފ. ބިލެތްދޫ، އަސަރީހިޔާ ޖައިލަމް ތައުފީގަށް 49 ވޯޓު ލިބުނުއިރު، ފ. ދަނރަބޫދޫ، ރޯޝަނީގެ އަލީ އިސްމާއިލް އަށް 43 ވޯޓު ވަނީ ލިބިފައެވެ.

މި އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ދެ މީހަކު އަދި އާންމު މެމްބަރުކަމަށް ހަތަރު މީހަކު ކުރިމަތިލި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންގެ ދައުރުގެ މުއްދަތަކީ 2 އަހަރު ދުވަހެވެ.

15 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްގެ މެމްބަރުންގެ މުއްދަތަކީ ދެ އަހަރެވެ. އަދި އެއްވެސް މީހަކަށް، ވިދިވިދިގެން ދެ ދައުރު މެމްބަރު ކަމެއް ނުކުރެވޭނެއެވެ.