މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ) ގެ ރައީސްކަމަށް ޝަފާޢު ހަސަން (ދޮންބެ) އިންތިހާބު ކޮށްފި އެވެ.

އެމްއެމްސީގެ ރައީސްގެ މަގާމު ހުސްވީ އެމްއެމްސީގެ އެމަގާމުގައި ހުންނެވި ޝަހުބާން ފަހުމީ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

Ad
rt

އެމްއެއެމްސީގެ ރައީސްކަމަށް ވާދަކުރެއްވީ ޝަފާޢު ހަސަން އެކަންޏެވެ. އެހެންވެ ޝަފާއު ރައީސްކަމަށް އިންތިހާބު ކުރުމަށް ވޯޓަށް އަހާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެވަގުތު ޖަލްސާގައި ބައިވެރިވެފައިވަނީ 9 މެންބަރުންނެވެ. ޝަފާޢު ރައީސްކަމަށް ފެންނަ ކަމަށް 9 މެންބަރުން ވަނީ ވޯޓު ދީފަ އެވެ.

މިއަދުގެ ޖަލްސާ ފެށުނުއިރު 14 މެންބަރެއް ބައިވެރިވިއެވެ. ނަމަވެސް ޖަލްސާގެ ވަކި ހިސާބަކުން ކުރީގެ ރައީސް ޝަހުބާންއާއި އެކު 4 މެންބަރުން ވަނީ ޖަލްސާ ދޫކޮށް މާލަމުން ނިކުމެފަ އެވެ.

ޝަފާއު އަކީ މިހާރުވެސް ރީޖަނަލް އެއާޕޯޓްސްގެ ބޯޑުގަ އާއި ކެއާ ސޮސައިޓީގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. ކުރީން އޭނާ ވަނީ އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފަ އެވެ.

ޝަހުބާން އިސްތިއުފާ ދެއްވީ އެމްއެމްސީގެ މެންބަރު ކަމުން ޝަހްބާން ވަކިކުރުމުގެ މަސައްކަތް ކައުންސިލް މެންބަރުންތަކެއް ކުރަމުން ގެންދަނިކޮންނެވެ. އެއީ އޭނާގެ މައްޗަށް މަނީ ލޯންޑަރިން ތުހުމަތުކޮށް ފުލުހުން މައްސަލައެއް ތަހުގީގު ކުރަން ފެށުމާ ގުޅިގެނެވެ.

ކިންގްސް ފޮރެކްސް ޓްރޭޑިން ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހަދައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރާ ކަމުގެ ތުހުމަތުކުރާއިރު ޝަހުބާންއަކީ އެ ކުންފުނީގެ ހިއްސާދާރެކެވެ.

އެ މައްސަލައިގައި ފުލުހުން އޭނާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެ އެވެ.