މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ހުޅުވާލައިފި އެވެ.

އެމްއެމްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހޯމް މިނިސްޓްރީއިން މި ހުޅުވައިލީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރެއްގެ މުއްދަތު 2021 މާޗް 1 އަށް ހަމަވެފައިވާތީއެވެ.

Ad
mooomoo 1

އެމްއެމްސީ އެކުލެވިގެންވަނީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 7 މެންބަރުން ހިމެނޭގޮތަށެވެ. ކައުންސިލަށް ހޮވޭ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދައެއް ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ މެންބަރުކަމަށް ހުށައަޅާނީ މީޑިއާތަކުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ހުންނަންޖެހޭ ސިފަތައް:

  • (ހ) ދިވެހިރައްޔިތަކު ކަމުގައިވުން.
  • (ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.
  • (ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • (ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • (ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • (ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • (ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • (އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.
  • (ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

މީޑިއާކައުންސިލްގެ މީޑިއާގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، 05 އޭޕްރީލް 2021 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު "ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެމަށް އެ މިނިސްޓްރީއިން ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ. މިފޯމް ހޯމް ނިސްޓްރީގެ ވެބްސައިޓު https://www.gov.mv/MoHA ޑައުންލޯޑް ކުރެވޭނެއެވެ.

މިދިޔަ ޑިސެމްބަރު މަހު އާ ދައުރަކަށް އެ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރެވިފައިވާއިރު، މިހާރު މީޑިއާތަށް ތަމްސީލް ކުރަށްވަން އިންތިޚާބުވެފައިވާ މެންބަރުންނަކީ، އަލީ ހުސައިން (ޕީއެސްއެމް)، ހުސައިން ޝަފީގް (ތިލަދުން)، މުއިއްޒު އިބްރާހިމް (މިހާރު)، އާދަމް ނަވާޒް (ވަގުތު)، އާދަމް ނަޒީރު (ހަތާވީސް އޮންލައިން)، ހަސަން ޝާކިރު މުހައްމަދު (އަސްދަނޑި)، އަދި ޝަހުބާން ފަހުމީ (ސަންގް ޓީވީ) އެވެ.

އެމްއެމްސީގައި އާންމުން ތަމްސީލް ކުރުމަށް އަލަށް ހޮވުނު ހަ މެންބަރުންނަކީ، ފާތިމަތު އަހުމަދު، އަންވަރު އިބްރާހިމް، އިބްރާހިމް ފައުޒީ، އަހުމަދު މޫސާ، ޝަފާއަތު ހަބީބް، އަދި މުހައްމަދު ޝަފާއު ހަސަން އެވެ.

Ad
df

އެމްއެމްސީގެ އައު ދައުރަށް އިންތިޚާބުކޮށްފައިވާއިރު، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމުގެ މަސައްކަތް މިހާރު ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެ ދެ އިދާރާ އެއްކޮށްލާ "މޯލްޑިވްސް މީޑިއާ ކޮމިޝަން"ގެ ނަމުގައި ކޮމިޝަނެއް އުފެއްދުމަށް ނިންމާ އެކަމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފަ އެވެ.