މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ދެމުންއަންނަ ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.
އެމްއެމްސީން ބުނީ އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމް ދިނުމަށް މިފަހަރު ކަނޑައެޅި 12 ދާއިރާއަކުން 87 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.
މިގޮތުން އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ދެމެހެއްޓެނިވި ތަރައްގީއާއި އިޖުތިމާއީ ދާއިރާއަށެވެ. އެއީ 21 ހުށަހެޅުމެވެ. ދެންމެ އެންމެ ގިނަ ހުށަހެޅުން ހުށަހަޅާފައި ވަނީ 17 ހުށަހެޅުމެއް ހުށަހެޅި ފީޗަރ/ރިޕޯޓް ދާއިރާ އަށެވެ.
އިތުރުދާއިރާތަކަށް ހުށަހެޅުން ލިބުނު ޢަދަދު
- ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން 9 ހުށަހެޅުން
- ސިޔާސީ ދާއިރާއިން 9 ހުށަހެޅުން
- ޝަރުއީ، ގާނޫނީ ދާއިރާއިން 6 ހުށަހެޅުން
- ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން 9 ހުށަހެޅުން
- ކުޅިވަރުގެ ދާއިރާއިން 5 ހުށަހެޅުން
- ފޮޓޯ ޖަރނަލިޒްމް ގެ ދާއިރާއިން 6 ހުށަހެޅުން
- ވީޑިއޯ ޖަރނަލިޒްމްގެ ދާއިރާއިން 3 ހުށަހެޅުން
- އުންމީދީ ނޫސްވެރިޔާގެ އިނާމަށް 2 ހުށަހެޅުން
މިއަހަރު އަލަށް ތައާރަފްކުރި ދެ ދާއިރާ ކަމަށްވާ އޯޑިއޯ ޖަރނަލިޒަމް އަދި ނިއުސް ގްރެފިކްސް އެންޑް އިލެސްޓްރޭޝަންސްގެ ދާއިރާއިން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވެއެވެ.
އެމްއެމްސީން ނޫސްވެރިކަމުގެ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 3 ވަނަ ދުވަހުއެވެ.
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ މިއަހަރު ބާއްވާނެ ވަކި ތާރީހެއް އެމްއެމްސީން އަދި ހާމަކޮށްފައިނުވެއެވެ. މިއަހަރު ދޭނީ ވޭތުވިއަހަރުގެ އިނާމެވެ.
އެމްއެމްސީން އަންނަނީ، 2014 އިން ފެށިގެން ކޮންމެ އަހަރަކުވެސް މި އިނާމު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!