ނަހުލާ ހުޅުމާލެ ދެކުނު ގޮނޑިއަށް ވާދަކުރައްވަނީ
ކުރީގެ ދަތުރުފަތުރާބެހޭ ވަޒީރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު، އައިޝަތު ނަހުލާ އަންނަ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ. ނަހުލާ މިރޭ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާކަން ޢިއުލާން ކުރައްވާފައެވެ. ނަހުލާ ވިދާޅުވެފައިވާ ގޮތުގައި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނުދާއިރާ އަށް ވާދަކުރައްވަން އޭނާ ނިންމަވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ”އަޅުގަ...