އދ. އިން ބޭއްވި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މަތީ ފަންތީގެ ބައިނަލްއަޤްވާމީ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ޢާއިޝަތު ނަހުލާ ތަގުރީރު ކުރައްވައިފިއެވެ.

އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ ރާއްޖޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަނިޔާލިބޭ މީހުންގެ އަދަދު 2030 ވަނަ އަހަރު އަންނަން ވާއިރަށް ފަންސާސް އިންސައްތަ ދަށްކުރުމަކީ އަމާޒެއް ކަމަށެވެ.

Ad
rt

ނަހުލާ ވިދާޅުވީ އެކްސިޑެންޓްތައް މަދުކޮށް، މަގުމައްޗަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ޤަވައިދާ އެއްގޮތަށް ފަރުވާތެރިކަމާއެކު ދުއްވުމުގެ އިތުރަށް ކަނޑައެޅިފައި ސްޕީޑަށްވުރެ ބާރަށް ނުދުއްވުން މުޙިއްމު ކަމަށެވެ.

މީގެއިތުރުން މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް އަނިޔާލިބޭ މީހުންނާއި މަރުވާ މީހުންގެގެ އަދަދުތައް މަދުކުރުމުގައި އެކި ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މި ބައްދަލު ވުމުގައި ތަޤުރީރު ކުރައްވަމުން މިނިސްޓަރު ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.