ހޯރަފުށީ އެއާޕޯޓް ފާލަން އެޅުމަށް ހޯރަފުށީ ކައުންސިލްގެ ރުހުން ނުހޯދާތީ ސައްލެގެ ނުރުހުން
ހއ. ހޯރަފުށީ އެއާޕޯޓަށް ލަފާފުރުމަށް އަޅާ ފާލަން އެޅުމުގައި ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ހޯރަފުށީ ކައުންސިލްގެ ރުހުމާއި، ލަފާހޯދައި، އެ ޤާނޫނުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ސުވާލު ކުރަށްވައިފިއެވެ. ސައްލެގެ މިއަދު މި ސުވާލު ކުރެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި އެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް އަރާފޭބުމަށް އެޅުމަ...