ޒުވާނުން ބާރުވެރި ކުރެވި، ރައްޔިތުންނަށް ފޯރުންތެރި ފަހި ދިރިއުޅުމެއް ގާއިމު ކޮށްދެވިއްޖެ: ނަހުލާ

Aishath Nahula

މިހާރު ޒުވާނުން ބާރުވެރި ކުރެވިއްޖެ ކަމަށާއި ރައްޔިތުންނަށް ފޯރުންތެރި، ފަހި ދިރިއުޅުމެއް ގާއިމް ކުރެވިއްޖެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނަހުލާ ވިދާޅުވީ އަމިއްލަ ރަށުގައި ތިބެގެން ފައިދާ ހޯދޭނެ މަގު ތަނަވަސްވެ، ގައުމުގެ އިގްތިސޯދީ ދުވެލި ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ.

"އުތުރާއި ދެކުނު ހިމެނޭ ގޮތުން މުޅިރާއްޖެ ތަރައްގީ ކުރުމުގެ ތަސައްވުރެއް ރައީސް ސޯލިހް ގެންގުޅުއްވައި، ރައްޔިތުން އުފުލަމުން ދިޔަ ތަކުލީފު މިއަދު ވަނީ މާޒީއާ އެކުވެ ގޮސް އެންމެނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަން ލިބިފަ." ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގެ ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯއްދަވައިދެއްވައި، ގައުމު ބިނާކުރުމުގައި ރަދައްކަވާ ސާބިތުކަމަށް އީސް ސާލިހަށް ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

ނަހުލާ އިތުރަށް ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމަށް ވަނީ އިންގިލާބީ ބޮޑު ބަދަލެއް އައިސްފައި ކަމަށާއި އެގޮތުން އަތޮޅުތަކުގެ ރަށްރަށުން ފަސޭހަ ކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް މިހާރުވަނީ ގާއިމް ކުރެވިފައި ކަމަށެވެ.

ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ރައީސް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުން ރާއްޖޭގެ އުތުރާއި ދެކުނުގެ ސަރަހައްދީ ވައިގެ ބަނދަރުތަކުން ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިއްޖެ ކަމަށް ވެސް ވިދާޅުވިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި