ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް
ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން […]