Skip to main content
Topic Archive

#Haa Alif Baarah

223 Stories filed
ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި
Thiladhunmathi News

ކެލާ، ބާރަށް އަދި ވައިކަރަދޫގެ ފެނާއި ނަރުދަމާ ޑިޒައިންކުރުމަށް ހަވާލުކޮށްފި

ހއ.ކެލާ، ހއ ބާރަށް އަދި ހދ.ވައިކަރަދޫގެ އިތުރުން 31 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޑިޒައިންކުރުމާއި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީ ހެދުމަށް ޝާހު ޓެކްނިކަލް ކޮންސަލްޓަންޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން ކުރި ޓްވީޓެއްގައި ފެނާ ނަރުދަމާ ހެދުމަށް ހަމަޖެހިފައިވާ 34 ރަށެއް ކަނޑައަޅާފައިވާއިރު ހއ ކެލާ އަދި ބާރަށުގައި ފެންޕްލާޓެއް ގާއިމް ކުރުމަށް މިވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހދ.ވައިކަރަދޫގައި ފ...

އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި
Thiladhunmathi News

އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހއ ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި އެވެ. އެމްޑީއެން އިން ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ބާރާށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި، ގަދަކީރިތިވަންތަ މާތް ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ޝައްކު އުފައްދާ ކީރިތި ޤުރުއާނުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށް އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައް...

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި
Thiladhunmathi News

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އީޕީއޭއިން އަންގައިފިއެވެ. ހއ.ބާރަށުގައި ހިނގަމުންދާ މަޝްރޫޢުއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރާ ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލުމަށް އީ.ޕީ.އޭ އިން ވަނީ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެގައިވެއެވެ. ހއ. ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެރަށުން ނަގަމުންދާކަމުގެ...

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ
Thiladhunmathi News

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދިޔަ ރާސިޙު ނިޔާވެއްޖެ

‎ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު ނިޔާވެއްޖެ އެވެ. ހއ. ބާރަށަށް އުފަން ރާސިޙު މުހައްމަދު ނިޔާވެފައިވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮން މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. ރާސިޙުގެ ހާލުދެރަވެ ޑޮކްޓަރުން އުންމީދު ކަންޑާލާފައިވަނީ މިއަދު ހެނދުނުއެވެ. https://thiladhun.com/6282 ލެއަށް ކެންސަރުޖެހި ރާސިޙްއަށް އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާތާ ތިން ހަފްތާ ވަރުވެދާނެކަމަށް ރާސިހުގެ އާއިލާއިން މަޢުލޫމާތުދެއެވެ.

ބާރަށު މިސްކިތުގެ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ބާރަށު މިސްކިތުގެ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ބާރަށުގެ “މަސްޖިދުލްޢަމަލު” މިސްކިތުގައިވާ އޭސީ ތައް ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މިސްކިތުގެ ބޭރުން ވަށައިގެންވާ ދޮރުތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް އެއިދާރާއަށް ހާޒިރުވާނީ 21 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ކަމަށާއި އަދި 24 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެފަރާތުގެ އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަޢުލޫމާތު ސާ...

ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި
Thiladhunmathi News

ބާރަށުން 600 އަށް ވުރެ ގިނަ ރުއްގަސް ނަގައިފި

ހއ ބާރަށުން ރުއްގަސް ނެގީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެ ރަށުން 600 އަށް ވުރެ ގިނަ ރުއް ނެގުމުގެ ހުއްދަ ދިނީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދަން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ. ހއ. ބާރަށް އަދި  ކެލާ އާއި ށ. ފޯކައިދޫއިން ރުއްގަސް ނަގަމުންދާ ކަމުގެ މައުލޫމާތާއި ފޮޓޯ މިހާރު ވަނީ މީސްމީޑިޔާގައި ފެންމަތިވެފައެވެ. އެކަމާ ދެކޮޅަށް ތިމާވެށި ހިމާޔަތް ކުރަން ގޮވާލާ މީހުން ދަނީ މީސް މީޑިއާގައި ޝުއޫރު […]

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި
Thiladhunmathi News

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި

ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...

ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ
Thiladhunmathi News

ހަނިމާދޫއާއި ބާރަށް އަދި ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޑިރެކްޓަރުން ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލް އިދާރާއަށާއި ހއ. ބާރަށު ކައުންސިލްގެ އިދާރާއަށް އަދި ހއ. ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޑިރެކްޓަރުގެ މަޤާމަށް މީހަކު ހޯދަން، ސިވިލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ. މި ކައުންސިލްތަކުގެ އިދާރާއަށް ޑިރެކްޓަރުގެ މަޤާމަށް މީހުން ހޯދަން އިއުލާންކޮށްފައިވަނީ މިއަދު ވަކިވަކިންނެވެ. ކޮންމެ އިދާރާއަކަށްވެސް އެއް ޑިރެކްޓަރަކު ބޭނުންވާއިރު، ޑިރެކްޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައަކީ މަހަކު 8835 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު 2000 ރުފިޔާ ދިނުމަށާ...

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ!
Thiladhunmathi News

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ!

‎إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ https://thiladhun.com/8657   ފުރާވަރު އުމުރުގައި ކޮންމެ ކުއްޖަކު ވެސް ރައްޓެހިންނާއެކު ކުޅެ ސަކަރާތް ޖަހަން ބޭނުން ވާނެއެވެ. ސްކޫލުގައި މޮޅަށް ކިިޔަވައި މައިބަފައިން ފަހުރުވެރިކޮށްދޭން ބޭނުން ވާނެއެވެ. ނަމަވެސް ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދު މިއަދު މިވަނި މިހުރިހާ ކަމަކުން މަހްރޫމްވެފައެވެ. ލެއަށް ކެންސަރުޖެހި މަރާއި ހަނގުރާމަ ކުރަންޖެހިފައެވެ. މީގެ މަހެއްހަ ދުވަސް ކުރީގެ ވާހަކައެކެވެ. އުމުރުން 14 އަހަރުގެ ރާސިހަކީ އާންމުކޮށް ސްކޫލަށްދާން ބޮޑާ...

Thiladhunmathi News

ބާރަށު ގަބުރުސްތާނު ސާފުކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ބާރަށު އާސާރީ މިސްކިތު ގޯތިތެރޭގައިވާ ގަބުރުސްތާނުގެ ވިނަ ނޮޅާ ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ސެޕްޓެމްބަރު މަހުގެ 17 ވާ އަންގާރަ ދުވަހުގެ 13:00 ގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. ބާރަށު ކައުންސިލުގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މަ...

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި
Report

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - ދެވަނަބައި

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް – އެއްވަނަބައި 6.ބާރަށުގައި އޮންނަ ކަމަނާއޮޅު މިކަމަނާ އޮޅަކީ އުތީމު މުޙަންމަދު ތަކުރުފާނުގެ ބޮލަށް ޢީދު ގޮންޖެހި ދުވަހު ބާރަށު ބުޅާފާޠިމާ ( ރެހެންދި ގޮއްޔެ ) މުޙަންމަދު ތަކުރުފާނު ކޮނޑަށް ލައިގެން މިރަށު ފުއްޓަރު ފަރާތަށްގޮސް ވާހަކަ ދައްކަން ރާޅުގަނޑު ތެރެއަށް އެރިހުރި ދިމާލެވެ. މިތަން މިހާރުވެސް އޮޅެއްގެ ސިފާގައި އަބަދުވެސް ރާޅާއި، އޮއިވަރު މަޑުތަނެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. 7. ޢީދުކުޅޭ މަގު މިމަގަކީ ޕޯޗުގީޒު […]

ބާރަށު ރަމްލާ - ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ
People

ބާރަށު ރަމްލާ - ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީގެ ލަޤަބު ރަމްލާ ހާޞިލުކުރީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައެވެ. އެއީ 1953 ވަނަ އަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ބޭއްވި ރިތީގެ ރާނީ ހޮވުމުގެ މުބާރާތް ކާމިޔާބުކޮށްގެންނެވެ. ހއ. ބާރަށު ނާދިރަމްގެ ރަމްލާއަކީ އެންމެނާވެސް ވަރަށް ގުޅޭ ހިތްހެޔޮ، އަދި ވަރަށް ޚިދުމަތްތެރި ބޭކަނބަލެއްކަމަށާއި، ރަށުގެ އެކިކަންކަމުގައި އަމަލީގޮތުން ބައިވެރިވެލައްވާ ބޭކަނބަލެއްގެ ގޮތުގައިކަން އ...

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - އެއްވަނަބައި
Report

ހއ. ބާރަށުން ފާހަގަކޮށްލެވޭ ތާރީޚީ 10 ކަމެއް - އެއްވަނަބައި

ހއ. ބާރަށަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޤުދުރަތީ ގޮތުން ވަރަށް ހިތްގައިމު ރީތި މާހައުލަކާއި، ހިތްފަސޭހަ ވެއްޓެއް އޮންނަ އަދި ވަރަށް ރައްކާތެރި ލަފާފުރަން ފަސޭހަ ފަޅެއް އެކުލެވިގެންވާ ރަށެކެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ މީހުން ވަޒަންވެރި ވީއްސުރެން މީހުން އާބާދުވެ ދިރިއުޅެމުންދާ ރަށެކެވެ. ރަށުގެ މީހުންނަކީ އެމީހުންގެ އަމިއްލަ މަސައްކަތުން ހައްދާ ގޮވާމުގެ ބާއްވަތްތަކާއި، ރާވެރިކަމާއި ، މަސްވެރިކަމުގެ މަސައްކަތުން ކައިބޮއި އުޅެމުންއައި ރައްޔިތަކު ދިރިއުޅެމުން އަންނަ...