ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރަނީ
ހއ. ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް މަޝްވަރާ ކޮށްފިއެވެ. ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. މި މަޝްވަރާގައި ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ...