ހއ.ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުންގެ ފަރާތުން އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ސޫރިޔާ ސްޕޯޓްސްއިން ހޯދައިފިއެވެ.

28 ނޮވެމްބަރ 2020 އިން 13 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފިރިހެން ކެޓަގަރީގައި ޖުމްލަ ހަތަރު ޓީމަކުންވަނީ ވާދަކޮށްފައެވެ. އެ ޓީމްތަކަކީ ތޫފާން، ސޫރިޔާ ސްޕޯޓްސް، މަންތިރި އަދި ފެނަކައެވެ.

Ad
rt

މި މުބާރާތުގެ ފިރިހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅެފައިވަނީ 12 ޑިސެމްބަރ 2020 ވީ ހޮނިހިރު ދުވަހުގެ ރޭ ބާރަށު ވޮލީ ކޯޓުގައެވެ. ފައިނަލް މެޗު ސޫރިޔާ ސްޕޯޓްސްއިން ކާމިޔާބު ކޮށްފައިވަނީ ޓީމް މަންތިރީގެ މައްޗަށް ތިންސެޓް އެއްސެޓުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޫރިޔާ ސްޕޯޓްސްގެ ޖޯޒީ ނަމްބަރު 10 ރަޒާންއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ ރަޒާން

ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ބާރަށު ޒުވާނުންގެ ދިރުމުގެ ނައިބް ރައީސް ހަސަން ރަމީޒެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ ފިރިހެން ކެޓަގަރީގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލްގެ އިތުރުން ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.

މުބާރާތުގެ ވަނަތައް:

ޗެމްޕިއަން ޓީމް: ސޫރިޔާ ސްޕޯޓްސް

ރަނަރަޕް ޓީމް: މަންތިރި

މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:

  • ރަޒާން / ސޫރިޔާ ސްޕޯޓްސް
  • މުޙައްމަދު ޝާފިޒް/ ސޫރިޔާ ސްޕޯޓްސް
  • ސާޖިދު / ސޫރިޔާ ސްޕޯޓްސް
  • އަލީ / ޓީމް ތޫފާން
  • ޒަހީން / ޓީމް މަންތިރި
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން

މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސޫރިޔާ ސްޕޯޓްސްގެ ޖޯޒީ ނަމްބަރ 10 ރަޒާންއެވެ.

މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 13 ޑިސެމްބަރ 2020 އާދީއްތަ ދުވަހުގެ ރެއެވެ. މި ކެޓަގަރީގެ ފައިނަލް މެޗުގައި ވާދަކުރާނީ ފަޔަ ބާޑްސް އަދި ޓީމް ރެހެންދިއެވެ.