ހއ. ބާރަށު ފެނަކަ އަައު އޮފީސް އިމާރާތާއި، އެރަށު ފެނަކަ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ބާރަށުގައި ފެނަކައިން އަލަށް އިމާރާތް ކުރުމަށް ނިންމާފައި ވަނީ 2 ބުރީގެ ޒަމާނީ އޮފީސް އިމާރާތެކެވެ.
މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ބާރަށު، ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތާއި، ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ 8-10 އޮކްޓޯބަރ 2020 އަށް، އެދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00 އަށެވެ. އަދި މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚަކީ 18 ނޮވެމްބަރު 2020ގެ މެންދުރުފަހު 14:00 އެވެ. މަޢުލޫމާތު ސާފު ކުރެއްވޭނީ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ފެނަކައިން ބުނެފައި ވެއެވެ.
މި މަސައްކަތަށް ކުރިމަތި ލުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ 23 ނޮވެމްބަރު 2020ގެ ހެނދުނު 13:00 އެވެ. މި މި މަސައްކަތަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވަން ޖެހެނީ ފެނަކަ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށެވެ.
"ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ tender@fenaka.mv އަށެވެ." ފެނަކައިން ބުނެފައި ވެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ހިމެނިފައިވާ ސީ.ޑީ ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ރަޖިސްޓަރ ކުރައްވާ ވަގުތު ހިއްސާކުރެވޭނެ ކަމަށް ފެނަކައިން ހާމަކުރަށްވައެވެ.
ފެނަކައިން އަންނަނީ އެކުންފުނީގެ ޚިދުމަތްދޭ ރަށްތަކުގެ އިންޖީނުގޭތަކާއި، އޮފީސްތައް ޒަމާނީކޮށް، ޒަމާނީ ފެންވަރަކަށް އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!