ކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ވައްދައި، ގޯނާކުރި މައްސަލަ ސާބިތެއް ނުވި
ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި ވައްދައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހަކު ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ. ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާގެ ދިރިއުޅޭ ގޭގައި އުޅުނު ކުޑަކުއްޖަކަށް ޑިސެމްބަރު، 2020 އިން ފެށިގެން ފެބްރުއަރީ 2021 ގެ ނިޔަލަށް ޖިންސީ ގޯނާ އެކި ގޮތްގޮތުން ކުރި ކަމަށް ބުނެ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުން އެ ކުއްޖާގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި އެ މީހާ ވެއްދި […]