Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

195 Stories filed
ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ
Raajje

ގާސިމް މަރާލުމުގެ ކުށް އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި ދައުވާލިބޭ އަދުހަމް މުހައްމަދު މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2019 ގައި ހުޅުމާލޭގައި ގާސިމް ޓެކްސީ ދުއްވަމުން ދަނިކޮށް އޭނާގެ ކަރަށް އަދުހަމް ވަޅިން ހަމަލާދިނީ ކާރުގެ ފަހަތު ސީޓުގައި އިނދެފައި، ގާސިމްގެ އަތުން ފޭރެން އުޅުމުގެ ތެރޭގަ އެވެ. ހުކުމުގައިވަނީ ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވާތީ […]

އަނަސްގެ މަރު: ރޯދަ ކައިރިވިޔަސް ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ނެތް
Raajje

އަނަސްގެ މަރު: ރޯދަ ކައިރިވިޔަސް ދައުވާލިބޭ މީހުންގެ ބަންދަށް ލުޔެއް ނެތް

މާލޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި ރ. މީދޫއަށް ނިސްބަތްވާ މުހައްމަދު އަނަސްގެ މަރުގެ ދައުވާލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ. ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރެއަށް ގްރޫޕަކުން ވަދެ،އަނަސްއަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގާއި ލ. ގަން ތުނޑީ، ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746، ސިމާހް […]

ޖޫރިމަނާ ނުދެއްކުމުން ސަލާމަތެއް ނުވި, މިފަހަރު ފޮނުވީ ޖަލަށް
Raajje

ޖޫރިމަނާ ނުދެއްކުމުން ސަލާމަތެއް ނުވި, މިފަހަރު ފޮނުވީ ޖަލަށް

ޖިނާއީ މައްސަލައެއްގައި ކުރި ޖޫރިމަނާ ނުދެއްކުމުން އެ މީހާގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށް، ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިއްޖެ އެވެ. ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކުރާ ކުށްތަކުގައި ކުށް ސާބިތުވާއިރު، ޖަލުގެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރެވެ އެވެ. އެގޮތަށް ގިނަ ބައެއްގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްފައިވެ އެވެ. އެކަމަކު ޖޫރިމަނާ ނުދައްކާ ނަމަ އަލުން ޖަލު އަދަބަކަށް ބަދަލު ކުރެވެ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި، ޖަލު އަދަބަކަށް ބަދަލުކުރީ […]

ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި
Raajje

ހަށިވިއްކި މައްސަލަ: ބިދޭސީ މީހާގެ ބަންދަން 15 ދުވަސް، ދިވެހި މީހާ ދޫކޮށްލައިފި

މާލޭގެ ގެސްޓުހައުސްއެއްގައި ހަށިވިއްކަމުންދިޔަ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އަށް ކޯޓުން ޝަރުތުކޮށް ދޫކޮށްލައި، ބިދޭސީ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. އަންގާރަ ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފާސްކުރުމަށްފަހު ހަށިވިއްކަމުންދިޔަ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެވިއެވެ. ފުލުހުން މިއަދު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރިމީހުންގެ ބަންދާމެދު ގޮތެއ...

އައްބާސް އަށް ދައުވާކޮށްފި
Raajje

އައްބާސް އަށް ދައުވާކޮށްފި

ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލިކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިދިކޮޅު އެކްޓިވިސްޓް، އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު ގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުން […]

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި
Raajje

ކައިވެންޏެއްގެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގައި އުސޫލުތަކާ ހިލާފަށް ކައިވެންޏެއް ކޮށްދިިނުމަށް މަގުފަހިވާގޮތަށް އަމަލު ކުރިކަން ސާބިތުވެ، މިހާރު ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ. ހަސަން ސައީދު ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 2018 ވަނަ އަހަރު އޭނާ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އިރު، އެ ކޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ފޮނުވައިގެން ކުރި ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާ ގުޅިގެންނެވެ. ޖޭއެސްސީއިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ […]

ޝައިހް ފަޒްލޫނާއި ނިޝާންގެ ޝަރީއަތް ލައިވްކުރަން އެދެފި
Raajje

ޝައިހް ފަޒްލޫނާއި ނިޝާންގެ ޝަރީއަތް ލައިވްކުރަން އެދެފި

ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ޝެއިހް ފަޒްލޫން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކޮށްދިނުމަށް، އެ ދެ އިލްމުވެރިންގެ ފަރާތުން އެދިއްޖެ އެވެ. މިދިޔަ އަހަރު ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވަން، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލައިގައި އެ ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ. ކްރިމިނަލް […]

ފަޒްލޫނުގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
Raajje

ފަޒްލޫނުގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ދީނީ އިލްމު ވެރިޔާ ޝައިޚް ފަޒްލޫނު މުހައްމަދުގެ މައްޗަށް ކުރާ ޓެރަރިޒަމުގެ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަން ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އެޅުމުގެ ތުހުމަތުގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ކުށަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނު  9:00 އަށެވެ. ޝައިޚް ފަޒްލޫން ހައްޔަރުކުރީ ފައިބެއަހަރުގެ ޖޫން މަހުގެ 21 ވަނ...

މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ: ޖަމީލު
Raajje

މާޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ: ޖަމީލު

ހައި ކޯޓުގައި ޔާމީންގެ ހުކުމް އިސްތިއުނާފުކޮށް، އެ މައްސަލަ ބަލައި، މާރޗު މަހުގެ ތެރޭގައި ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ. ޔާމީންގެ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ އިސްތިއުނާފު މަރުހަލާ ހިނގާލެއް އަވަސްވާނެ ކަމަށާއި ހައި ކޯޓުގައި ވެސް އާންމުކޮށް ބާއްވާ އިސްތިއުނާފު މައްސަލަތަކުގައި ބާއްވަނީ ދޭއް ނުވަތަ ތިނ...

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި
Raajje

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް 10 ބޭފުޅަކު ކުރިމަތިލައްވައިފި

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިލުމުން 10 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ނަންތައް ހާމަކޮށްފައެވެ. އެ ފަރާތްތަކަކީ: 1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ 2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ 3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, […]

ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައި ދެނީ
Raajje

ސާހިލަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައި ދެނީ

މިދިޔަ އަހަރު މާލޭގައި އަނިޔާވެރިކޮށް އަންހެނަކު މަރާލި މައްސަލާގެ ދައުވާ ލިބޭ ސާހިލް އަލީ އަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު މާލޭގެ ގެއެއްގެ ތެރޭގައި، ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީޑިއާތަކުގައި […]

ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވަނީ
Raajje

ޝިއާއުގެ މަރުގެ ޝަރީއަތް ސިއްރުކޮށްގެން ބާއްވަނީ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މައްސަލާގެ ޝަރީއަތް ސިއްރުކޮށްގެން އަންނަ އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ޝިއާއު މަރާލުމަށްފަހު ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލާގައި ދައުވާކުރަނީ ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް އަންނަ އާދިއްތަ ދުވަހު ހެނދުނު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސާފައިވާއިރު، އެ […]

ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދީފި، 8،000 ސޮފްހާ ހުރި
Raajje

ޔާމީންގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދީފި، 8،000 ސޮފްހާ ހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ 8،000 ސޮފްހާގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނާ މިއަދު ހަވާލުކޮށްފި އެވެ. މަނީ ލޯންޑްރިން އަދި ރިޝްވަތުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓް ނުލިބި ލަސްވާތީ އިދިކޮޅު ޕީޕީއެމާއި ވަކީލުން ގެންދިޔައީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ މައްސަލާގެ ޝަރީއަތް ނިމުނު ގޮތުގެ ފުލް ރިޕޯޓް މިއަދު ހަވާލު ކުރިއިރު، […]

ފޭކް ސްލިޕް ފޮނުވައިގެން މަސްދަޅު ކޭސް ހޯދި މީހަކު އެއް އަހަރަށް ޖަލަށް
Raajje

ފޭކް ސްލިޕް ފޮނުވައިގެން މަސްދަޅު ކޭސް ހޯދި މީހަކު އެއް އަހަރަށް ޖަލަށް

ފޭކް ސްލިޕް ފޮނުވައިގެން 10 މަސް ކޭސް ހޯދި މީހަކު އެއް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. އއ. މަތިވެރީ ހަނދުވަރީގޭ އަބްދުﷲ ޖަމީލްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްޔެ އެ ހުކުމްކުރީ 2021 ވަނަ އަހަރު އެންޒީ ފިހާރައަށް ދެ ފަހަރެއްގެ މަތިން ފޭކް ސްލިޕް ފޮނުވައިގެން 10 މަސް ކޭސް ހޯދުމުންނެވެ. ހުކުމުގައިވަނީ އޭނާ ދައުވާއަށް އިންކާރު ކުރިޔަސް، ހެކިންގެ ހެކިބަހުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ. މީގެކުރިން ވެސް އެހެން […]

ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ
Raajje

ކްރިމިނަލް ކޯޓަށް ދެ ޤާޟީން ހޯދަނީ

ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެ ކޯޓަށް ދެ ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢުލާނުގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ކްރިމިނަލް ކޯޓުގެ ޤާޟީއެއްގެ މުސާރައަކީ 30،000 ރުފިޔާއެވެ. […]