ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި ވައްދައި، ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާލިބޭ މީހަކު ކުށް ސާބިތުނުވެ ސަލާމަތްވެއްޖެ އެވެ.

ދިވެހި ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާކުރީ އޭނާގެ ދިރިއުޅޭ ގޭގައި އުޅުނު ކުޑަކުއްޖަކަށް ޑިސެމްބަރު، 2020 އިން ފެށިގެން ފެބްރުއަރީ 2021 ގެ ނިޔަލަށް ޖިންސީ ގޯނާ އެކި ގޮތްގޮތުން ކުރި ކަމަށް ބުނެ އެވެ.

Ad
rt

ދައުލަތުން ތުހުމަތުކުރާ ގޮތުން އެ ކުއްޖާގެ ޖިންސީ ގުނަވަނަށް ގަލަން ފަދަ ތަކެތި އެ މީހާ ވެއްދި އެވެ. އަދި އެހެން ގޮތްގޮތުން ޖިންސީ ގޯނާ ވެސް ކުރި އެވެ.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖަކާ ބެހުނު ކަމުގެ ދައުވާ ކުރިޔަސް، މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތުވާ މިންވަރުގެ ހެއްކެއް ނެތް ކަމަށެވެ.