Skip to main content
Topic Archive

#ކްރިމިނަލް ކޯޓު

194 Stories filed
ކަރަންޓް ފޮށްޓަކުން ކޭބަލެއް ވަގަށް ނެގި މީހަކު 11 މަހަށް ގޭ ބަންދު
Raajje

ކަރަންޓް ފޮށްޓަކުން ކޭބަލެއް ވަގަށް ނެގި މީހަކު 11 މަހަށް ގޭ ބަންދު

ސްޓެލްކޯގެ ކަރަންޓް ފޮށްޓަކުން އެއް މީޓަރުގެ ކޭބަލެއް ބުރިކޮށްލައިގެން ގެންދިޔަ މީހަކު 11 މަހަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ބ. ދަރަވަންދޫ ވިލަރެސް، ހުސައިން މުޒުލިފްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރު މާލޭގެ މަގެއްގައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮށްޓެއްގައި ހުރި ކޭބަލަކުން އެއް މީޓަރުގެ ކޭބަލް ބުރިކޮށްލައިގެން ވަގަށް ގެންދިއުމުންނެވެ. އޭނާ އެކަންކުރީ ދުނިކީސް ތިލައެއް ބޭނުންކޮށްގެންނެވެ. އެކަމަށް އޭނާ ކޯޓުގައި އެއްބަސްވެ އަދި ލުއި އަދަބެއް ދޭން […]

ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް
Raajje

ކަނޑުހުޅުދޫގައި ކުއްޖަކާ ބެހުނު ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށް

ގއ. ކަނޑުުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. 2020 ވަނަ އަހަރު ފެންމަތިވި އެ މައްސަލާގައި ކާފަ އިބްރާހިމް ދީދީ އާއި މުނިކާފަ ހަސަން މޫސާ ދީދީ 25 އަހަރަށް ޖަލަށްލީ ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެވެ. އެ ހުކުމުގެ މާ ބޮޑު ތަފްސީލެއް ކޯޓުން ހާމަ ނުކުރިޔަސް، އެ މީހުން ޖަލަށްލާން ހުކުމް ކުރިކަން […]

ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި
Raajje

ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޔޯގާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ޢިލްމުވެރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. އެގޮތުން ޔޯގާ މައްސަލައާ ގުޅިގެން ފުލުހުން ބަންދުކުރި ޝައިހް ފަޒްލޫންގެ ބަންދަށް 7 ދުވަސް އަދި ޝައިހް އާދަމް ނިޝާން ޢަލީގެ ބަންދަށް 3 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އިތުރު ކޮށްފައެވެ. ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު، އައިސީސީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ޔޯގާ އިވެންޓަށް […]

ޔާމީންގެ މައްސަލަ: ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ނަގައިފި
Raajje

ޔާމީންގެ މައްސަލަ: ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ނަގައިފި

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި މީހާގެ ހެކިބަސް ކްރިމިނަލް ކޯޓުން މިއަދު ނަގައިފި އެވެ. އާރަށް ކުއްޔަށް ދިނުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން މިއަދު ނެގީ ފުލުހުންގެ ފަރާތުން ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް […]

ދަރިފުޅު މަރާލި މަންމަ 17 އަހަރަށް ޖަލަށް, ދިޔައަށް އެއް މިލިއަން
Raajje

ދަރިފުޅު މަރާލި މަންމަ 17 އަހަރަށް ޖަލަށް, ދިޔައަށް އެއް މިލިއަން

ށ. ނޫމަރާގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މަންމަ 17 އަހަރަށް ޖަލަށްލައި, އަދި އެއް މިލިއަން ރުފިޔާގެ މަރުގެ ދިޔައެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާ އޭނާގެ ދަރިފުޅަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ އެ ކުއްޖާ ނިދާފައި އޮއްވަ އެވެ. މަރާލި ސަބަބެއް ފުލުހުންނަކަށް ވެސް ނޭނގުނެވެ. އޭރު އޭނާ ދިޔައީ ނަފްސާނީ ކަންކަމަށް […]

ހުއްދަ ނެތި ޖަލަށް ވަނުމުން ހަތަރު މަހުގެ ޖަލު ހުކުމެއް
Raajje

ހުއްދަ ނެތި ޖަލަށް ވަނުމުން ހަތަރު މަހުގެ ޖަލު ހުކުމެއް

ހުއްދަ ނެތި ފުލުހުންގެ ކަސްޓޯޑިއަލް ޖަލަކަށް ވަން މީހަކު ހަތަރު މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ސ. މަރަދޫ ކުންނާރުގޭ، ހާފިޒު މުހައްމަދު ދީދީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން މިއަދު ހުކުމްކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ސ. ހިތަދޫ ޕޮލިސް ސްޓޭޝަންގައި ހުންނަ ކަސްޓޯޑިއަލް ޖަލު ސަރަހައްދަށް ހުއްދަ ނެތި ވަނުމުންނެވެ. އެތަނަކީ ކުށުގެ ތުހުމަތުގައިވާ މީހުން ތަހުގީގަށް ބަންދުކުރާ ޖަލެކެވެ. ކްރިމިނަލް ކޯޓުގައި އޭނާ ކުށަށް އިއުތިރާފްވި އެވެ. އެ […]

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ނިންމައިފި
Raajje

ނަޝީދަށް ދިން ބޮމުގެ ހަމަލާ: ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ނިންމައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރާ މައްސަލާގައި ދައުލަތުގެ ބައެއް ހެކިތައް ސިއްރުކޮށް، ދިފާއީ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރު މެއި މަހު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ދައުވާކުރަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގެ ފަހުމީ އަލީގެ […]

ދަރިފުޅު މަރާލި މަންމައަށް އަދަބު ދިނުން ފަސްކޮށްފި
Raajje

ދަރިފުޅު މަރާލި މަންމައަށް އަދަބު ދިނުން ފަސްކޮށްފި

ށ. ނޫމަރާގައި ދަރިފުޅު މަރާލި މަންމަގެ މައްޗަށް އަދަބު ކަނޑައެޅުން ކްރިމިނަލް ކޯޓުން ފަސްކޮށްފި އެވެ. ފެބްރުއަރީ، 2016 ގައި ހަތަރު އަހަރުގެ އަންހެން ދަރިފުޅު ނިދާފައި އޮއްވާ ވަޅިން ހަމަލާދީ އެ ކުއްޖާ މަރާލި ކަމަށް ބުނެ ށ. ފުނަދޫ ދިނަށް، އައިމިނަތު ޝާހިދާގެ މައްޗަށް ކުރި ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުން މިއަދު ބާއްވަން ހަމަޖެއްސުމަށްފަހު އަންނަ ބުދަ ދުވަހަށް މިހާރު ވަނީ […]

ގާޒީ ބަލިވެ އުޅޭތީ ޔާމީންގެ ޝަރީއަތް ކެންސަލް
Raajje

ގާޒީ ބަލިވެ އުޅޭތީ ޔާމީންގެ ޝަރީއަތް ކެންސަލް

ކުރީގެ ރައީސް އަބްދު ﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ ދައުވާތަކުގެ މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އެ މައްސަލާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރިޝްވަތު ގަބޫލުކޮށް އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސި އެވެ. ޝަރީއަތް ބާއްވަން ހަމަޖެއްސީ ވެސް ލައިވްކުރާ ގޮތަށެވެ. ކްރިމިނަލް ކޯޓުން ބުނީ އަޑުއެހުން […]

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް ފަށައިފި
Raajje

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް ފަށައިފި

ކްރިމިނަލް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ނިންމުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. ހަތަރު މަސް ދުވަހުގެ ތެރޭގައި މި މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގައި އާއްމުގޮތެއްގައި މައްސަލަ ތާވަލް ކުރާ ވަގުތުގެ އިތުރުން ރަސްމީ ކޮންމެ ދުވަހަކުވެސް މެންދުރު ދެއަކުން ހަވީރު ފަހަކާ ހަމައަށް މައްސަލަތައް ތާވަލް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާވެސް 2016 ވަނަ އަހަރުން ފެށިގެން ހުށަހެޅިފައިވާ 61 މައްސަލައެއް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލު ކޮށްފައެވ...

119 ކިލޯ ޑްރަގް: އެކަކު "ގުރުބާންކުރަން" އުޅޭކަމުގެ ތުހުމަތު
Raajje

119 ކިލޯ ޑްރަގް: އެކަކު "ގުރުބާންކުރަން" އުޅޭކަމުގެ ތުހުމަތު

ރާއްޖެއަށް މިދިޔަ އަހަރު ގެނައި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ދިފާއީ ވަކީލުން އުޅޭ ގޮތުން، އެ މަސްތުވާތަކެތީގެ ޒިންމާ އެކަކު ނެގުމަށްފަހު ދެން ތިބި މީހުން ސަލާމަތްކޮށްދޭން އުޅޭކަމަށް ޕީީޖީން ކްރިމިނަލް ކޯޓުގައި މިއަދު ތުހުމަތުކޮށްފި އެވެ. ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކޮށް، ގެންގުޅުނު ކަމަށް ބުނެ ގދ. ހޯޑެއްދޫ ތިން މީހުން ކަމަށްވާ އަހުމަދު މުޖާހިދާއި އަލީ ޒުބައިރާއި އަހުމަދު ސުނައިނަށް ދައުވާ ކުރާއިރު، ދައުލަތުން މިއަދު ތުހުމަތު ކުރީ ޒުބައިރު އޭގެ […]

ގާސިމްގެ މަރު: ހެކިބަސް ނެގުން ނިންމާލައިފި
Raajje

ގާސިމްގެ މަރު: ހެކިބަސް ނެގުން ނިންމާލައިފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގެ ހެކިބަސް ނެގުން ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. ހުޅުމާލޭގައި ޓެކްސީގައި ދުއްވާފައި ދަނިކޮށް ގާސިމްގެ އަތުން ފައިސާ ފޭރުމުގެ ގޮތުން އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް ގެންދާތާ ދެ ތިން މަސް ވެއްޖެ އެވެ. އެކި ދުވަސްމަތިން އެކި ހެކިވެރިން ގެނައުމަށްފަހު މިއަދު އެންމެ ފަހު ހެއްކަކަށް ކޯޓަށް ހާޒިރުކުރީ ގާސިމްގެ މެޑިކޯ […]

ލަމްހާއަށް ޖަލުގައި ކާން އަޅައިދޭން މީހުން، ލޯންޑްރީ ސާވިސް ލިބޭ
Raajje

ލަމްހާއަށް ޖަލުގައި ކާން އަޅައިދޭން މީހުން، ލޯންޑްރީ ސާވިސް ލިބޭ

ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރާ ހަލީމަތު ލަމްހާއަށް ޖަލުގައި ކާން އަޅައިދޭނެ މީހުންނާއި ލޯންޑްރީ ސާވިސް އާއި ސިޑިން އަރަން އެހީތެރިވާން އޮފިސަރުން ހަމަޖައްސާފައިވާ ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ މަރާލުމުގައި އޭނާގެ ފިރިމީހާ މާވިންއާ ބައިވެރިވި ކަމަށް ބުނެ ލަމްހާގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން ދައުލަތުން މިއަދު ވަނީ އޭނާއަށް ޖަލުގައި...

ރާއްޖޭގައި އައިއެސްގެ އިސް މީހާކަމަށް ތުހުމަތުކުރާ ހޫދުގެ ޝަރީއަތް ފަށައިފި، ސާބިތުވެއްޖެ ނަމަ 34 އަހަރަށް ޖަލަށް
Raajje

ރާއްޖޭގައި އައިއެސްގެ އިސް މީހާކަމަށް ތުހުމަތުކުރާ ހޫދުގެ ޝަރީއަތް ފަށައިފި، ސާބިތުވެއްޖެ ނަމަ 34 އަހަރަށް ޖަލަށް

ރާއްޖޭގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މީހާ ކަމަށް ބުނެ އެމެރިކާގެ އެފްބީއައިއާ ގުޅިގެން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ. މިދިޔަ ޖެނުއަރީ މަހު މާލެއިން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު އަތުލައިގަތީ އެފްބީއައި އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ފުލުހުންނާއި ދިވެހި ފުލުހުން ގުޅިގެންނެވެ. އައިއެސްގެ ދީނީ ހަރުކަށި ފިކުރު ފަތުރަން އުޅުނު ކަމަށް ބުނެ ހޫދުގެ މައްޗަށް ގިނަ ދައުވާތަކެއް ކުރެ އެވެ. […]