އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

ކޯޓު އަމުރެއްގެ ދަށުން މިމަހުގެ ހަވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހެއްގެ އިތުރުން 49 އަހަރުގެ މީހެކެވެ.

މި މީހުންގެ ތެރެއިން 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް 14 ދުވަސް އަދި 45 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ކޯޓުން ވަނީ ދީފަ އެވެ.

މި މީހުންނަކީ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށްވާ އަލަމްގީރު އާއިއެކު ގުޅުން ހިންގި ބަޔެއް ކަމަށް ސާފެއް ނުވެއެވެ.

އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލާން މިިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.