ބަންގްލަދޭޝްގެ މީހެއްގެ އަތުން 10،000 ރުފިޔާ ފޭރެން އުޅުނު ކަމަށް ތުހުމަތުވާ، ފުލުސް މީހާގެ މައްޗަށް ކުށް ސާބިތެއް ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

ފުލުސް މީހާގެ މައްޗަށް ކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، އެމްޑީ ފޭޒުލް އިސްލާމް މަމުން އަތުން 10،000 ރުފިޔާ ފޭރުން އުޅުނު ކަމުގެ ތުހުމަތެވެ.

Ad
rt

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އެމްޑީ ފޭޒުލް އިސްލާމް މަމުން، 2019 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުގެ ހަވީރު 5 ޖެހި އިރު ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މީހުން ހުއްޓުވާ ބަލާ ފާސް ކުރުމާއި ހައްޔަރު ކުރުމުގެ އިޖްރާއަތާ ހިލާފަށް އޭނާ ހައްޔަރު ކޮށްގެން އަތޮޅު ވެއްސަށް ގެންދިޔަ ކަމަށެވެ.

މީގެ އިތުރުން އޭނާ ގާނޫނާ އެއްގޮތަށް ހައްޔަރު ކޮށްފައި ނެތްކަމަށް އެނގޭ ކަމަށާއި އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ބަންދުގައި ބަހައްޓާނެ ކަމަށް ބުނެ ބިރުދައްކައިގެން އޭނާގެ އަތުން އެ ފުލުސް މީހާ 10،000 ރުފިޔާ ފޭރުމަށް ފަހުގައި ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައި ވެއެވެ.

ހަމަމިއާއެކު އިތުރު 20،000 ރުފިޔާ ދެއްކުމަށް ފަހު، އެމްޑީ ފޭޒުލް އިސްލާމް މަމުން އަށް މަޖުބޫރު ކުރި ކަމަށާއި އިތުރު ފައިސާ ދޭން އޭނާ އެއްބަސްވުމުން އޭނާ ބަންދުން ދޫކޮށްލި ކަމަށް ވެސް ހުކުމުގައި ވެއެވެ. އަދި އެ ދުވަހުގެ ރޭ 10:30 ހާއިރު އެމްޑީ ފޭޒުލް، އައިޖީއެމްއެޗް ކައިިރިން އޭނާގެ އަތުން އިތުރު 20،000 ރުރިޔާ އެ ފުލުސް މީހާ ފޭރެން އުޅެފައިވާ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.

އެހެންނަމަވެސް މި މައްސަލާގައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ ފުލުސް، އާސިމްގެ މައްޗަށް ކޮށްފައިވާ ދައުވާ ޝަރީއަތަށް ސާބިތު ނުވާ ކަމަށެވެ.