ގެއަކަށް ވަދެ މީހަކަށް ބިރު ދެއްކުމަށްފަހު މީހެއްގެ ދުން ބޯ ގުޑުގުޑާ ހަލާކުކޮށްލި މީހަކު 19،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ލ. ގަމު ހުދުވިލާގޭ ހުސައިން ރިޔާޒްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު މާލޭގެ ގެއަކަށް ވަޅިއެއް ހިފައިގެން ވަދެ، މީހަކަށް މަރުގެ އިންޒާރު ދިނުމަށްފަހު އަދި އެވަގުތު އެތަނުގައި ގުޑުގުޑާ ބޯން އިން މީހެއްގެ ގުޑުގުޑާ ހަލާކުކޮށްލުމުންނެވެ.

Ad
rt

އެ ދެ ކުށަށް ވެސް އޭނާ އެއްބަސްވި އެވެ. މަރުގެ އިންޒާރު ދިނުމުގެ ކުށުގައި އިއްވީ 16،600ރ. ގެ ޖޫރިމަނާ އެކެވެ.

ގުޑުގުޑާ ހަލާލުކޮށްލުމުގެ ކުށުގައި އިއްވީ 2،600ރ. ގެ ޖޫރިމަނާ އެކެވެ.

އެ ފައިސާ އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.