''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''
ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއާއި، ގޭންގް މާރާމާރީތަކުގެ އިތުރުން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާނަވީ ގޮތެއްގައި ނަތީޖާ ނެރެދެވޭނެ މަސައްކަތްތަކެއް ކުރި ބަޔަކު މީގެ ކުރިން ރައްޔިތުންނަށް ފެނިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ގައުމު ހަވާލުވިއިރު ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މިއީ އެތައް ޒަމާނެއް ވަންދެން ގައުމ...