ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު އަރުވައިފިއެވެ.
މި އިނާމުތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި އިނާމު ލިބިވަޑައިގެން ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން
- އާމިނަތު ޢަލީ
ފިނިހިޔާގެ، ހދ. ކުޅުދުއްފުށި، އެންރޯލްޑް ނަރސް، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްކުރި، ހދ. ކުޅުދުއްފުށި
- މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް
ފީރޯޒުގެ، ށ. މާއުނގޫދޫ
- ޙަސަން މޫސާ
- ޢަބްދުލްޚާލިޤު މޫސާ
އިރަމާގެ، ހއ. އިހަވަންދޫ
- ފަރީދާ ޢަބްދުލްކަރީމް
- ޢަބްދުﷲ އިބްރާހީމް
ވެޔޮވިލާ، ށ. ފޭދޫ
މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންނެވެ. މީގެ ތެރޭގައި ހިމެނެނީ މިހާތަނަށް އެއްވެސް ސަބަބަކާހުރެ މި އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ހޮވުނު ބޭފުޅުންނެވެ.
މި ބޭފުޅުން ހޮވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ބޭފުޅުންގެ ރެކޯޑުތައް ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވައި، އެ ކޮމިޓީން ވަނީ އެ މައުލޫމާތުތައް ދިރާސާކުރައްވާފައެވެ. އަދި ކޮމިޓީން އެ ބޭފުޅުންނާ ބައްދަލުކުރައްވައި، އިނާމަށް ޝަރުޠު ފުރިހަމަވާކަން ކަށަވަރުކުރައްވާފައިވެއެވެ.
ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަންކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ކަމެކެވެ. މިއަދުގެ ޖަލްސާގައި އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީވެސް ގައުމީ ތަރައްގީގައާއި ދައުލަތް ހިންގުމުގެ އެކި ދާއިރާތަކުގައި ނަމޫނާ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!