ވާދޫ ބަނދަރު މޮނިއުމަންޓާއި ސީޓިން އޭރިއާ ފަރުމާކުރުމުގެ މުބާރާތެއް، 7،000 ރުފިޔާގެ އިނާމެއް
ރ. ވާދޫ ބަނދަރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ މޮނިއުމަންޓާއި ސީޓިން އޭރިއާ ފަރުމާކުރުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ވާދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ކައުންސިލުން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ، އެންމެ ރަނގަޅު ފަރުމާއަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ފަރުމާކުރަންޖެހެނީ ވާދޫ ރަމްޒުވާފަދަ މޮނިއުމަންޓަކާއި ބަނދަރުގެ ސީޓިން އޭރިއާ ދައްކުވައިދޭ ކުރެހުމެކެވެ. މޮނިއުމަންޓް ފަރުމާކުރަންޖެހެނީ “އުފާވެރި މާދަމާއަކަށް – ވާދޫ” މި ތީމުގެ ދަށ...