މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ހއ ޓީމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ގަޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 01 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފް.އޭ.އެމް ) އިން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މުބާރާތުގައި މިކައުންސިލްގެ ޓީމަށް ކުޅެން ބޭނުންފުޅުވާ ފަރ...
Thiladhun
ބަންދު ދުވަސްތަކާއި ހުކުރު ދުވަސްތަކުގައި ޓީޗަރުން މަސައްކަތަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އަންގައިފި އެވެ. އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އެޑިއުކޭޝަންގެ ދަށުން ހިންގާ އިދާރާތަކާއި ސްކޫލުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ސަރުކާރު ބަންދު ދުވަސްތަކާއި ހުކުރު ދުވަހު މަސައްކަތަށް ނެރުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގައުމީ މުނާސަބަތެއް ފާހަގަކުރަން އެ ސްކޫލަކަށް ހަވާލުކޮށްފައިވާ މަސައްކަތެއް ކުރަން ބޭނުންވާ މުވައްޒަފުން، މިނިސްޓްރީގެ ހުއްދ...
Thiladhun
ހދ. ވައިކަރަދޫ ބުލޫހައުސް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ކަމުން ވަކިކޮށްފިއެވެ. އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުން ކަލީލާ ވަކިކުރައްވާ އެމަޤާމް ދީފައިވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަށެވެ. އަދި އެމަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. ވައިސް ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުން...
Thiladhun
ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީ، އިން ނިންމައިފިއެވެ. އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހދ.ކުރިނބީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް 16 ޑިސެންބަރ 2018 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނަގާފައިވާ ފަރާތް ނަގާފައިވަނީ ކޮރޮޕްޝަންގެ އަމަލެއްގެ ދަށުން ކަމަށް ހުށަހަޅާފައިވީނަމަވެސް، އެ ކޮމިޝަނުން ކުރި ތަޙްޤީޤުން މިފަދަ ކަމެއް ހާމަވެފައިނ...
Thiladhun
ހދ.ވައިކަރަދޫ ގަބުރުސްތާން ވަށާފާރު ރޭނުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުންކޮށްފިއެވެ. މިއެއްބަސްވުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުއެވެ. އަދި ވައިކަރަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް މެމްބަރު އިބްރާހިމް މުހައްމަދެވެ. ސޮއި ކުރުމުގެ މިރަސްމިއްޔާތުގައި ކައުންސިލްގެ ޑިރެކްޓަރ މުޙައްމަދު ރަބީޢުވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ވައިކަރަދޫގެ ގަބުރުސްތާން ވަށާފާރު ރޭނުމަށް އެމަޝްރޫއަށް މިނިސްޓްރީގެ ފަރާތުން ތިންލައްކަ...
Thiladhun
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތެރަޕީ ދިނުމުގެ ޚިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ އެކު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މަޝްވަރާ ކުރައްވައިފި އެވެ. ރައީސް އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސާނެ ކަން އެ ބައްދަލުވުމުގައި ނައިބު ފާހަގަކުރެއްވި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީގެ ޚިދުމަތްތައް އޭގެ ތެރޭގައި ހިމެނި މުޅި ރާއްޖޭގައި ފަސޭހަކަމާ އެކު […]
Thiladhun
މަސްވެރިކަމާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން ބަލައިގަތުމަށް ފާސްކޮށްފި އެވެ. ސަރުކާރު ފަރާތުން ހއ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ބަލައިގަތުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގަތް 72 މެންބަރުންގެ އިއްތިފާގުންނެވެ. އެއާއެކު އެ ބިލު އިގްތިސާދީ ކޮމިޓީއަށް ފޮނުވަން ވަނީ ނިންމާފައެވެ. ސަރުކާރުން ހާމަކުރިގޮތުގައި މި ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން...
އަބްދުﷲ ޝަފީޢު
ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ވާހަކައަކީ ރާއްޖޭގެ އިތުރުން ބޭރުގެ ގިނަ ފަރާތްތަކުންވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ދޮންވެލި ޗާލު ގޮނޑުދޮއްތަކާއި ފެހި ނަލަ ޖަންގަލިތަކުގެ ވާހަކަ އަބަދުވެސް ދެކެވެ. ނަމަވެސް މިޗާލުކަން ދެމި އޮންނާނީ އަޅުގަނޑުމެންގެ ބައެއް ކަންކަން އިސްލާޙްކޮށްގެނެއެވެ. މިގޮތުން މިފަދަ ތަންތަނަށް ކުނި އެޅުމަކީ މިހާރު ދިމާވެފައިވާ އަދި ޙައްލުކަން ޖެހިފައިވާ މައްސަލައެކެވެ. ކުނި އެޅުން މައްސަލައަކަށްވަނީ ކީއްވެ؟ ކުނިއެޅުން މައްސަލައަކަށްވާ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭ...
Thiladhun
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދުގެ މުށު ތެރެއަށް ބާރުތައް ލާން އުޅުމުގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ބައިބައި ވެއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މެންބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “އަންނިގެ މުށުތެރެއަށް ބާރުތައް ލާން ވެގެން ހަދަން އުޅުނު ސްޕަރ ކޮމިޓީ ކަންތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ދެބައިވެ، ރައީސް ނަޝީދު އަތަށް ގޮވާ” ފައިވާ ކަމަށެވެ. Anni ge mushuthere ah baaru thah […]
Thiladhun
ދ. ނެއްލައިދޫ ކައުންސިލް ކަޕްގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ހޫނުވެ، ހަމަނުޖެހުން ހިންގައިފި އެވެ. މިއަދު ހަވީރު އެރަށު ބޯޅަދަނޑުގައި ކުޅުނު މިމެޗުގައި ބައްދަލުކުރީ އެފްސީ ފްރެންޑްސް އާއި އެފްސީ ދުންމާރި އެވެ. ހަމަނުޖެހުން ހިންގީ ދެވަނަ ހާފުގައި ދެ ޓީމު 1-1 އެއްވަރުވެފައިވަނިކޮށް އެފްސީ ފްރެންޑްސް ޖެހި ގޯލެއް ހޫނުވެ އެވެ. އެއީ އޮފްސައިޑް ގޯލެއްކަމަށް ބުނެ ކުޅުންތެރިން ހަމަނުޖެހުން ހިންގަން ފެށީ އެވެ. އެކަމަކު ރެފްރީ ނިންމީ އެއީ ގޯލެއް ކަމަށެވެ. […]
Thiladhun
ހދ. ހަނިމާދޫގައި މަސް ނުވިގެންް މަސް އުކާލާ ކަމަށް ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ރޭ މެމްބަރު ޢަބްދުލް ޣަފޫރު ވިދާޅުވީ ރާއްޖޭގެ އުތުރުގައި ވަރަށް ގިނައިން މަސްބާނާކަމަށާއި އެހެން ނަމަވެސް އެ ބާނާ މަސް ކިރޭނެ ނިޒާމެއް މިވަގުތު ހަމަޖެހިފައެއް ނެތްކަމަށެވެ. “މިފްކޯގެ ކުދި ބޯޓު ފަހަރު މަސްކިރާލާއިރ...
އަބްދުﷲ ޝަފީޢު
މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައި އޮތް ބުރިޖު ނިންމީ މިސަރުކާރުން ކަމަށާއި މިދިޔަ ސަރުކާރުން ނިންމި އެއްވެސް ޕްރޮޖެކްޓެއް ނެތްކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ. ގެއްލުންވާ ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން މެމްބަރު ޒިޔާދު ވިދާޅުވީ ވޭތުވެ ދިޔަ ސަރުކާރުގައި އެއްވެސް ޕްރޮޖެކްޓެއް ނިމިފައި ނެތްކަމަށެވެ. އެގޮތުން ސިނަމާލޭ ބ...
އަބްދުﷲ ޝަފީޢު
ހައްޖުގެ އަޅުކަން އަދާ ކުރުމަށްފަހު އެނބުރި އަންނަ ފަރާތްތަކުން ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ބުނީ ހައްޖުގެ އަޅުކަން ނިންމާފައި އެނބުރި އަންނައިރު ބަލި ނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީންނާއި، އާއިލާއިން ސަމާލުވެ ތިބުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެޗްޕީއޭ އިން އިތުރަށް ބުނީ ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުންއައުމާއި ކެއްސުމާއި ނޭވާލާން އުދަނގޫވާނަމަ ޑޮކްޓަރެއްގެ މަޝް...
Thiladhun
ދިވެހި އަންހެނުން މަސްވެރިކަމަށް ނެރުމަށްޓަކައި ހިތްވަރުދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަން އެބަ ހުންނަން ޖެހޭކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން މެމްބަރު ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ސިނާޢަތެއްގެ ގޮތުގައި މަސްވެރިކަން ބަލަމުން ގެންދާއިރުގައި މަސްވެރިކަމަށް އަންހެނުން ނެރުމަށް ޓަކައި...
އަބްދުﷲ ޝަފީޢު
މަސްވެރިކަމުގެ ބިލު ޤާނޫނަކަށް ވެގެން އައުމުން ޒަމާނީ މަސްވެރިކަމަށް ޤާނޫނީ ހިޔާވަހިކަމެއް ލިބިގެންދާނެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު މަޖިލިހަށް ހުށަހެޅުއްވި މަސްވެރިކަމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން ވިދާޅުވީ މި ބިލް ޤާނޫނަކަށް ވެގެން އައުމުން ދިވެހިރާއްޖޭގެ މަސްވެރިކަން ޒަމާނީ މަސްވެރިކަމަށް ޤާނޫނީ ހިޔާވަހިކަމެއް ލިބި ފުރިހަމައަށް ބެލެހެއްޓެނިވި ގޮތެއްގައި މަ...
އަބްދުﷲ ޝަފީޢު
އަފްޣާނިސްތާނުގެ ކާބުލްގައި ކުރިއަށްދިޔަ ކައިވެނީގެ ޙަފްލާއަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ސަލާހުއްދީން ރައްބާނީއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެކަން ކުށްވެރިކޮށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވި ތައުޒިޔާ މެސެޖުގައި ވިދާޅުވެފައި ވަނީ، އެ ހަބަރު އެއްސެވީ ކުއްލި ހައިރާން ކަމާއި ފުން ހިތާމަޔާއެކުގައި ކަމަށާއި، ރާއްޖެއިން އަބަދުވެސް ޓެރަރިޒަމްގެ ފިނޑި އަ...
އިބްރާހިމް އަސްވާޤް
މިނިމަމް ވޭޖް ނުވަތަ ވަޒީފާއެއްގަ ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ބިލް މި އަހަރު މަޖިލީހަށް ވައްދާނެކަމަށާއި އެމްޑީޕީން ހުށަހަޅަމުން ގެންދަނީ ކުރެވޭވަރުގެ ކަންކަންކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ. “އިއްޔެ ރިސޯޓުތަކުގަ މަސައްކަތް ކުރާ ދިއްދޫ ޒުވާނުން އެދުނީ މިނިމަން ވޭޖްގެ ބިލް މި މަޖިލީހަށް ގެނެސް އަވަހަށް ފާސްވެގެން ދިއުން. އިކޮނޮމިކް މިނިސްޓަރު ވިދާޅުވަނީ އެ ބިލުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް. އިރާދަ ކުރެއްވިއްޔާ މި އަހަރުތެރޭ މި ބިލު […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހިދުމަތް ގިނަދުވަސްތަކެއް މެދު ކެނޑުމަކަށް ފަހު މިއަދުން ފެށިގެން އެހިދުމަތް ލިބެމުންފަށައިފިއެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ފަރުވާދެމުންދިޔައީ އިންޑިޔާގެ އަންހެން ޑޮކްޓަރެއްކެވެ. މެއިމަހުގެ 15 އިން ފެށިގެން އެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ފަރުވާނުދެވި އެހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ލޮލުގެ ބަލިތަކަށް މިއަދުންފެށިގެން ޚިދުމަތް ދެމުނ...
އިބްރާހިމް އަސްވާޤް