ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހިދުމަތް ގިނަދުވަސްތަކެއް މެދު ކެނޑުމަކަށް ފަހު މިއަދުން ފެށިގެން އެހިދުމަތް ލިބެމުންފަށައިފިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ލޮލުގެ ބަލިތަކަށް ފަރުވާދެމުންދިޔައީ އިންޑިޔާގެ އަންހެން ޑޮކްޓަރެއްކެވެ. މެއިމަހުގެ 15 އިން ފެށިގެން އެ ޑޮކްޓަރު ޗުއްޓީއަށް ދިޔުމުން ހޮސްޕިޓަލުން ލޮލުގެ ނަމްބަރު ނެގުމާއި ލޮލުގެ ބަލިތަކަށް ފަރުވާނުދެވި އެހިދުމަތް ވަނީ މެދުކެނޑިފަ އެވެ. ލޮލުގެ ބަލިތަކަށް މިއަދުންފެށިގެން ޚިދުމަތް ދެމުންގެންދަވާނީ އިޖިޕްޓްގެ ޑޮކްޓަރެއްކަމަށްވާ ޑރ ފާއިދްއެވެ.

Ad
rt

އެކަމުގެ ސަބަބުން ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުން ދިޔައީ އެހިދުމަތް ހޮސްޕިޓަލުން މެދުކެނޑުމުން ހިތްހަމަ ނުޖެހުންފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޑޮކްޓަރުން ޗުއްޓީއަށް ދިޔުމުން ހިދުމަތް މެދުކެނޑޭ މައްސަލަ ހައްލުކުރައްވާނެކަމަށް ހެލްތް މިނިސްޓަރު އަބުދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.