މިއަދު ހަވީރު ދިއްދޫ ސްޓޭޖު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި އެއްވުން އިންތިޒާމު ކުރީ އެ ރަށުގެ ޒުވާނުންނެވެ. އެއްވުމުގެ ބައިވެރިން ވަނީ އެ މީހުންގެ ގޮވާލުންތައް ލައުޑްސްޕީކަރުން އިއްވައިފައެވެ.
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ކުޅުދުއްފުށީ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާންގަނޑު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީ “ހަވިރީނައިޓް” ނަމަކަށް ކިޔާ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޯތް އެރިއާގެ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާކަމަށެވެ. އަދި މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:12 ގައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެނ...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހދ.ކުޅުދުއްފުށީގައި ހިންގަމުން އަންނަ ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅުނީ ބޮޑު ޖަރީމާއެއް ކަމަށާއި އެތައް ބަޔަކަށް ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވީތީ ޙަމްދު ކުރާ ކަމަށް ކުޅުދުއްފުށީ ހދ އަތޮޅު ކައުންސިލް މެންބަރު އަޙްމަދު އާތިފް ވިދާޅުވެއްޖެއެވެ. އާތިފް މިހެން ވިދާޅުވެފައިވަނީ، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އިން ހިންގަން އުޅެނީ ކޮން ޖަރީމާއެއްކަން އާތިފް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި އާތ...
Thiladhun
7 އަހަރު ކުރިން
ހއ.އިހަވަންދޫ ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ އިހަވަންދޫ ކްލަބް ޕްލެސްޓަރ އިން އިހަވަންދޫ ސްކޫލަށް 24 ޓިއުބް ލައިޓް ހަދިޔާކޮށްފިއެވެ. އިހަވަންދޫ ސްކޫލުންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 18 ވޯޓްގެ ޖުމްލަ 25 ލެޓް ލައިޓް ސްކޫލަށް ހަދިޔާކޮށްފައިވާ ކަމަށެވެ. މިފަދަ ކަންކަން ސްކޫލުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށްވެސް ޓްވީޓްގައި ބުނެފައިވެއެވެ. މި ޓްވީޓްގައި އިތުރަށް ބުނެފައިވަނީ، މިފަދަ ކަންކަމުން ސްކޫލުގެ އިތުރުން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށްވެސް ފައިދާތައް ލިބެމު...
Thiladhun
7 އަހަރު ކުރިން
ސްރީލަންކާގެ އެއިޓްކަން އެންޑް ސްޕެންސްއިން ރިސޯޓެއް ހަދަން ކުއްޔަށް ނަގާފައިވާ ނ. ރާފުށި ވިއްކާލަން ނިންމައިފި އެވެ. ލަންކާ އާއި ރާއްޖޭގައި ވެސް ރިސޯޓްތަކާއި ޓޫރިސްޓް ހޮޓާތައް ހިންގަމުން އަންނަ އެ ކުންފުނީގެ އަހަރީ އާންމު ރިޕޯޓާ ހަވާލާދީ ސްރީލަންކާގެ ނޫސްތަކުން ބުނީ، އެއިޓްކަން އެންޑް ސްޕެންސްގެ ސަބްސިޑަރީއެއް ކަމަށްވާ، އޭސް ރިސޯޓްސް އިން ކުއްޔަށް ނަގާފައިވާ ނ. ރާފުށީގެ ލީސްރައިޓްސް ވިއްކާލަނީ 5.38 މިލިއަން ޑޮލަރަށް ކަމަށެވެ. ބޮޑު މިނުގައި 45.25 އޭކަރު ހުންނަ ރާފުށި […]
Thiladhun
7 އަހަރު ކުރިން
ހދ ކުޅުދުއްފުށީގައި ހިންގަމުން އަންނަ ދިވެހި ރެޑް ކްރެސެންޓްގެ ބްރާޗަކީ ކުޅުދުއްފުށީގެ ތަަރައްޤީގައި މުހިންމު ރޯލެއް އަދާ ކުރަމުން އަންނަ ބައެއް ކަމަށާއި އެމީހުންގެ މަސައްކަތަކީ މުހިންމު މަސައްކަތެއް ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ލަތީފް ވިދާޅުވެއްޖެއެވެ. ދިވެހި ރެޑް ކްރެސެންޓަށް 10 އަހަރު ފުރުމާއި ގުޅިގެން އެމީހުންގެ މަސައްކަތް އަގު ވަޒަން ކުރުމުގެ ގޮތުން ނެރުއްވި ވީޑިއޯ ބަޔާނެއްގައި ކައުންސިލްގެ ރައީސް ވިދާޅުވީ، ކުޅުދުއްފުށީގައި ހުޅުވިފައި ހުންނަ ދިވެހި ރެޑް ކްރަސެންޓަކީ ވަރ...
Thiladhun
7 އަހަރު ކުރިން
ހއ. ކެލާގައި ފެތުރެމުންދާ ވަރުގަދަ ހުން ކޮންޓްރޯލްވެއްޖެކަމަށް އެރަށުގެ ސިއްހީ މަރުކަޒުން ބުނެފި އެވެ. ކެލާގައި ހުން ފެތުރި އެ ރަށުގައި ހުރި ހަމައެކަނި ޑޮކްޓަރަށް ވެސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. އެކަމާ ގުޅިގެން އެރަށަށް އަތޮޅު ތެރެއިން އެހެން ޑޮކްޓަރެއް ގެނެސް މިހާރު ދަނީ ހިދުމަތްވެސް ދެމުންނެވެ. އޮންލައިން މީޑިޔާ “ސަން” އަށް މަޢުލޫމާތު ދެއްވަމުން ކެލާ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަ އިބްރާހިމް ރުޝްދީ ވިދާޅުވީ ކެލާގައި މި އީދުތެރޭގައި ވައިރަލް ހުމާއި […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހދ. ކުޅުދުއްފުށީގައި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކޮށް ޒުވާނުން ކުރިއަރުވައި، ބިލީފް ޖަމިއްޔާއިން އިސްނަގައިގެން ރަށަށް ހިޖުރަކޮށްގެން މަސައްކަތްކުރާ ބިދޭސީންނަށް ހާއްސަ ކްރިކެޓް މެޗެއް ބާއްވައިފި އެވެ.
އަބްދުﷲ ޝަފީޢު
7 އަހަރު ކުރިން
ޢީދު ލައިގަތުމާއެކު މުޅި މީސްމީޑިޔާގައި އަޑުގަދަވެގެން ދިޔައީ ޢީދަށް މުޅި މާލެ ހުސްވި ވާހަކައެވެ. މާލޭގައި ކިޔަވަން ހުންނަ ރަށު ކުއްޖާއާއި އެކުއްޖާގެ މައިންބަފައިންވެސް އުފަން ރަށަށް ޢީދަށް ދިޔަވާހަކައެވެ. ނުވިތާކަށް މާލެއަށް އުފަން މާލޭ މީހާވެސް ޢީދުގައި ރާއްޖެތެރޭގެ ރަށަކަށް ދިޔަ ވާހަކައެވެ. ނަމަވެސް ޢީދު ނިމުމާއެކު މީސްމީޑިޔާގެ ރާގު މިވަނީ ބަދަލުވެފައެވެ. މިއަދު އިވެނީ ރަށްފުށު މީހުން ރަށްފުށުގެ ދިރިއުޅުން ދޫކޮށް އަނބުރާ މާލެ ދާން ޖެހޭތީ ރޯ އަޑެވެ. މީސްމީޑިޔާގައި ގިނަ ބަޔަކު […]
Thiladhun
7 އަހަރު ކުރިން
ކުޑަކުދިންގެ މެދުގައި މަޤްބޫލު ނެށުންތެރިޔާ ރޮބޯމޭން އާއެކު ހަނިމާދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރާ އެކު އެރަށު ކުޑަކުދިން ހެއްވާލައިފި އެވެ. ކޮންމެ ޢީދެއްގައިވެސް ކޮންމެވެސް އެއް ރަށަކުން ރޮބޯ މޭންގެ ހަރަކާތްތައް ފެންނަމުން އަންނައިރު، މިފަހަރު ރޮބޯމޭންގެ ހަރަކާތްތައް ދައްކާލާފައިވަނީ ހަނިމާދޫގައެވެ. ކުޑަ ކުދިންގެ ހަވީރުން ރޮބޯ މޭންގެ ކުޅަދާނަކަން ފެނިގެން ދިޔައިރު، ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ހަނިމާދޫގެ ކުޑަ ކުދިންނަށް އެންމެ ކަމުގޮސްފައިވަނީ ރޮބޯ މޭންގެ ހަރަކާތްކަން ފާހަގަ ކޮށްލެވެއެވެ. “ރ...
އަބްދުﷲ ޝަފީޢު
7 އަހަރު ކުރިން
ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި މީހެއްގެ ބަލި ނުދެނެގަނެވި ގިނަ ދުވަސް ވުމުން ފުރާނައަށް ނުރައްވާ ހިސާބަށް ދިޔަ ކަމަށް ބަލި މީހާގެ ޢާއިލާއިން ބުނެފިއެވެ. ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބަލިވި މީހާގެ ޢާއިލާއިން ބުނެފައިވަނީ، އޭނާގެ ކޮއްކޮ ބަލިވެގެން ހަފްތާއެއްވަންދެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. އަދި އެ ދުވަސްތަކުގައި ކޮއްކޮގެ ބަލި ދެނެ ނުގަނެވުނު ކަމަށާއި އެންމެ ފަހުން ހަފްތާއެއް ވުމުން މާލެ ގެނައި ކަމަށްވެސް ޕޯސްޓްގައި ބުނެފައިވެއެވެ. އަދި މާލެ […...
Thiladhun
7 އަހަރު ކުރިން
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕަކީ އަބަދުވެސް ކޮންމެވެސް ކަމެއްގައި މީސްމީޑިޔާގައި ވައި ހިފާފައި ހުންނަ ރައީސެކެވެ. މިފަހަރުވެސް ޑޮނާލްޑް ޓްރަންޕްގެ ތަފާތު ވާހަކައެކެވެ. ޓްރަންޕް ޤައުމެއް ގަންނަން އުޅޭ ވާހަކައެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް ގްރީންލޭންޑް ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން ވޯލް ސްޓްރީލް ޖާނަލް އިންވަނީ ކަށަވަރުކޮށްދީފައެވެ. އެނޫހުން ބުނެފައިވަނީ ޑޮނާލްޑް ޓްރަންޕް މިހާތަނަށް ދެ ފަހަރެއްގެ މަތިން އެމެރިކާގެ ވައިޓް ހައުސްގެ ލަފާދޭ ކޮމިޓީ ކުރެން ގްރީން ލޭންޑް ގަނެވ...
Thiladhun
7 އަހަރު ކުރިން
ދުނިޔެ ހޫނުވުމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ނަމަވެސް އެކަމުގެ ނުރައްކާތެރި ކަމުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް، އެކަން ހައްލު ކުރަން ބަޔަކު މަސައްކަތް ކުރިޔަސް، އެމަކާ ދެކޮޅު ހަދާ ގިނަ ބަޔަކު އުޅޭކަން ފާހަގަ ކޮށްލެއެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތަކުން ބަލާލާއިރު، ދުނިޔެ ހޫނުވުމަކީ އިންތިހާއަށް ކަންބޮޑު ވާން ޖެހޭ ކަމެއްކަން ހާމަވެގެންދެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ފިނި ހޫނުމިން ރަނގަޅު ގޮތުގައި މޮނިޓަރ ކުރެގެން ފެށީއްސުރެ، މިދިޔަ މަހަކީ ދުނިޔެ […]
Thiladhun
7 އަހަރު ކުރިން
މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށްދެރަގޮތް ދައުލަތުން ހަމަޖެއްސުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށާއި ދައުލަތުން ދޭ އެއްޗެއް ހުރިހާ ރައްޔިތުންނަށް ލިބެން ޖެހޭނީ ހަމަހަމަކޮށް ކަމަށް އަޙްމަދު ހިޝާން ވިދާޅުވެއްޖެއެވެ. “ވަކި މަޤާމަކަށް ދިއައިމަ އާސިއާން ޤައުމުތަކުން ބޭސްފަރުވާ އިންޝުއަރަންސް އިން ކުރެވިފަ، ނިކަމެތި މީހާއަށް އާސަންދަ ލިބުނީމަ މިއީ ހަމަޖެހޭ އުޞޫލެއް ނޫން. ބޭސް ފަރުވާއަކީ ހުރިހާ އިންސާނުންގެ އަސާސީ ޙައްޤެއް. މިނެ ކިރާފަ މޮޅު މީހާއަށް މޮޅު ގޮތް، ދެރަމީހާއަށް ދެރަގޮތް […]
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހއ. ކެލާ ގައި ވަރުގަދަ ހުމެއް ފެތުރި، ރަށު ސިއްހީ މަރުކަޒުގައި ހުރި ހަމައެކަނި ޑޮކްޓަރުވެސް އެޑްމިޓްކޮށް، އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެދިއްޖެއެވެ . މިހާރު އެރަށުގައި ބަލިމީހުން ބަލަމުންދަނީ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ހެލްތުވޯކަރުންކަމަށް މަޢުލޫމާތުލިބެއެވެ. ގަދަޔަށް ހުން އައިސް ހޮނޑުލާ ރޯގާއެއް ފެތުރެމުންދާ މިދުވަސް ވަރުގައި ޑޮކްޓަރު ބަލިވުމުން އުނދަގޫތަކާ ކުރިމަތިވާކަމަށާއި ވީހާވެސް އަވަހަކަށް އިތުރު ޑޮކްޓަރުން ފޮނުވައިދިނުމަށް އެރަށު ސިއްޙީ މަރުކަޒުން ހެލްތު މިނިސްޓްރީގައި އެދި...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
މިދިޔަޖުލައިމަހުންފެށިގެންމާލޭގައިބޭރަށްހިންގުންއިތުރުވަމުންދާކަމަށްހެލްތްޕްރޮޓެކްޝަންއޮތޯރިޓީ(އެޗްޕީއޭ) އިންހާމަކޮށްފިއެވެ. އެޗްޕީއޭއިންބުނިގޮތުގައިޖުލައިމަހުންފެށިގެންބޭރަށްހިންގުންދަނީއިތުރުވަމުންކަމަށާއިއެބަލިއާންމުކޮށްފެތުރެނީއޭގެއަސަރުކޮށްފައިވާމީހުންގެފަރާތުންކަމަށެވެ. އެޗްޕީއޭއިންވަނީކެއުމުގެކުރިންނާއިކާބޯތަކެތިތައްޔާރުކުރުމުގެކުރިންރަންގަޅަށްއަތްދޮވުންއިލްތިމާސްކޮށްފައެވެ. Diarrhoea has been increasing since July, as we have seen in previous years. This is mostly viral diarrhoea, spread...
އިބްރާހިމް އަސްވާޤް
7 އަހަރު ކުރިން
ހއ. ދިއްދޫގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ތަކެއްޗަށް ގެއްލުންދީފިއެވެ. ދިއްދޫގައި މިއަދު މާރާމާރީ ހިންގާފައި ވަނީ، ބޮޑު އީދާއި ދިމާކޮށް އެރަށުގައި ކުރިޔަށްދިޔަ ފުޓުބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގެ ތެރެއިންނެވެ. ޢީދާ ދިމާކޮށް ހއ. ދިއްދޫގައި ކުރިޔަށޤ ގެންދިޔަ ފުޓްބޯޅަ މެޗުގައި މިއަދު ހިނގި މި ހަމަނުޖެހުންތަކުގެ ތެރެއިން ދަނޑުގައި ބޭނުންކުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ދީފައެވެ. މި މާރާމާރީ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފްގެ ތެރެއިންނެވ...
އަބްދުﷲ ޝަފީޢު
7 އަހަރު ކުރިން
Thiladhun
7 އަހަރު ކުރިން