މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ހއ ޓީމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އިން ގަޒެޓްކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، 01 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފް.އޭ.އެމް ) އިން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

Ad
rt

އަދި މި މުބާރާތުގައި މިކައުންސިލްގެ ޓީމަށް ކުޅެން ބޭނުންފުޅުވާ ފަރާތްތަކުން 25 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ ނަން ނޯޓު ކުރެއްވުން އެދޭކަމަށްވެސް ކައުންސިލް އިން ބުނެފައިވެއެވެ.

އަދި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދެއްވުމަށް ކައުންސިލްގެ ނައިބު ރައިސް އަލްފާޟިލް އަލީ ރަމީޒު ( ފޯނު ނަންބަރު 9544443 ) އާއި ގުޅުއްވުމަށް ކައުންސިލުންވަނީ އިލްތިމާސްކޮށްފައެވެ.