ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދުގެ މުށު ތެރެއަށް ބާރުތައް ލާން އުޅުމުގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ބައިބައި ވެއްޖެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މެންބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަންނިގެ މުށުތެރެއަށް ބާރުތައް ލާން ވެގެން ހަދަން އުޅުނު ސްޕަރ ކޮމިޓީ ކަންތަކުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ދެބައިވެ، ރައީސް ނަޝީދު އަތަށް ގޮވާ" ފައިވާ ކަމަށެވެ.

Ad
rt

މެންބަރު ނަޝިދު މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، މަޖިލީހުގައި ހަދަން އުޅުނު ސްޕަރ ކޮމިޓީގެ މައްސަލައިގައި އެމްޑީޕީގެ ގިނަ މެންބަރުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އަދި ރައީސް ނަޝީދަށް އަމާޒު ކުރައްވާ ބައެއް ބޭފުޅުން ސީދާކޮށްދަނީ ރައްދު ދެއްވަމުންނެވެ.

މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއްވަނީ ލިބިފައެވެ. ގިނަ އުންމީދު ތަކަކާއެކު ރައްޔިތުންގެ ގިނަ ބަޔަކު އެމްޑީޕީއަސް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދީފައިވާއިރު، އެމްޑީޕީގެ ވަޢުދުތައް ނުފުއްދާތީ ގިނަ ބަޔަކުދަނީ ޝަކުވާ ކުރަމުންނެވެ.