މިނިމަމް ވޭޖް ނުވަތަ ވަޒީފާއެއްގަ ދެވޭނެ އެންމެ ކުޑަ އުޖޫރައިގެ ބިލް މި އަހަރު މަޖިލީހަށް ވައްދާނެކަމަށާއި އެމްޑީޕީން ހުށަހަޅަމުން ގެންދަނީ ކުރެވޭވަރުގެ ކަންކަންކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.
"އިއްޔެ ރިސޯޓުތަކުގަ މަސައްކަތް ކުރާ ދިއްދޫ ޒުވާނުން އެދުނީ މިނިމަން ވޭޖްގެ ބިލް މި މަޖިލީހަށް ގެނެސް އަވަހަށް ފާސްވެގެން ދިއުން. އިކޮނޮމިކް މިނިސްޓަރު ވިދާޅުވަނީ އެ ބިލުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް. އިރާދަ ކުރެއްވިއްޔާ މި އަހަރުތެރޭ މި ބިލު މަޖިލީހަށް ހުށަހެޅިގެންދާނެ،" އަބްދުﷲ ވަހީދު ވިދާޅުވިއެވެ.
ދިއްދޫގައި އިއްޔެ ހަވީރުވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ގޮވާލާ ސުލްހަވެރި މުޒާހަރާއެއް ކޮށްފައެވެ. "މިމުޒާހަރާއަކީ މަސައްކަތްތެރިންގެ ޙައްޤުގައި މިނިމަމް ވޭޖް ގެ ބިލް އަވަސް ކުރުމަށް ހއ. އަތޮޅުގައި ތިބި ހުރިހާ މަޖިލީހުގެ މެންބަރުންނަށް ގޮވާލާ ގޮވާލުމެއް” މުޒާހަރާގެ ބައިވެރިން ބޭނުންކޯށްފައިވާ ބެނާއެއްގައިވެއެވެ. މިބެނާގައި ހއ އަތޮޅަށް ނިސްބަތްވާ 5 މެންބަރުންގެ ފޮޓޯޖަހާފައިވެއެވެ.
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އަދި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެކަުލަވާލި މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!