މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ހަތަރުވަނަ ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް ވަނީ ފަށާފައެވެ.

މި ސިލްސިލާގެ ދަށުން 2026 ވަނަ އަހަރު ބާއްވާ ހަތަރުވަނަ މި ކޯހުގައި ޖުމްލަ 12 ބައިވެރިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، މަނިޔަފުށީގެ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި މަހުގެ 10 އިން 22 އަށް ކުރިއަށްގެންދިޔަ ކޯހެއްގައި ރާއްޖޭގެ އެކި އަތޮޅުތަކުން 15 ބައިވެރިން ބައިވެރިވެފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

Ad
rt

މި ތަމްރީން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނާފައިވާ ހަރަކާތްތަކުގެ ތރެއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މިގޮތުން ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަކީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދެކެވެ.

ރާއްޖޭގައި މެރިކަލްޗަރ ދާއިރާ ތަރައްގީ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި މި ދާއިރާ ތަރައްގީ ކުރުމަށްޓަކައި މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ޕްރޮގްރާމްގެ މަޤުސަދަކީ ދެމެހެއްޓެނިވި މެރިން އެކުއަކަލްޗަރ ނުވަތަ މެރިކަލްޗަރގެ ސިނާއަތެއް ރާއްޖޭގައި ޤާއިމުކުރުމަށް މަގުފަހި ކުރުމަށްޓަކައި މި ދާއިރާއިން މީހުން ބިނާކުރުމެވެ. ވާރލްޑް ބޭންކުގެ އެހީގައި މިނިސްޓީން ހިންގާ ޓްރާންސްފޯމް ޕޮޖެކްޓުގެ އެހީތެރިކަމާއިއެކު މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓުން މި ކޯސް ހިންގާއިރު، މިއީ ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރުމަށް ހިންގޭ ކޯހެކެވެ.

ކޯހުގެ ބައިވެރިންނަށް އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް، އިތާމުތް އަދި ސީވީޑ އާލާކުރުމުގެ މައުލޫމާތު ލިބިގެންދާނެއެވެ. މީގެއިތުރުން އާލާ ކުރާ ބާވަތތަކަށް ޖެހޭ ބަލިތައް ދެނެގަނެ ރައްތެރިވާނެ ގޮތާއި، ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މެރިކަލްޗަރ މަސައްކަތް ކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމާއެކު، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ބައިވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.