ހދ. ވައިކަރަދޫ ބުލޫހައުސް، އާއިޝަތު ޚަލީލާ ޢަބްދުއްސައްތާރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ވައިސް ޗާންސެލަރ ކަމުން ވަކިކޮށްފިއެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުން ކަލީލާ ވަކިކުރައްވާ އެމަޤާމް ދީފައިވަނީ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އަށެވެ. އަދި އެމަޤާމަށް ބޭފުޅަކު ހަމަޖައްސަވާފައިވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
ވައިސް ޗާންސެލަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅުން ހަމަޖައްސާފައިވަނީ، ގައުމީ ޔުނިވާސިޓީ އާއި އައިޔޫއެމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މި ފަހުން ގެނައި އިސްލާހުގެ ދަށުންނެވެ. މި މަހުގެ 5 ވަނަ ދުވަހު ތަސްދީގުކުރެއްވި އިސްލާހުގައިވާ ގޮތުން، ރައީސް ބޭފުޅުން އައްޔަންކުރައްވާނީ ޔުނިވާސިޓީގެ ޗާންސެލަރާއި ވައިސް ޗާންސެލަރުގެ މަގާމަށް އެކަންޏެވެ. ޑެޕިިއުޓީ ވައިސް ޗާންސެލާ އައްޔަންކުރާނީ ޔުނިވާސިޓީގެ ކައުންސިލުންނެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރ ކަމުން ޚަލީލާ ވަކިކުރެއްވުމާއި ގުޅިގެން އެކަމަނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޚަލީލާ ވިދާޅުވީ، އައިޔޫއެމްއަށް ޚިދުމަތް ކުރަން ފުރުސަތު ލިބުމަކީ ލިބުނު އުފަލެއް ކަމަށާއި އެޔުނިވަރސިޓީއަށް ތަރައްޤީ އެދޭ ކަމަށެވެ. އަދި އިސްލާމް ދީނަށާއި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެޕޯސްޓްގައި ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާއާއި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އެކަމަނާއަށް އިތުބާރު ކުރެއްވި ކަމަށްޓަކައި ވަނީ ޝުކުރު އަދާކޮށްފައެވެ.
ހަލީލާއަކީ ދީނީ ޢިލްމުވެރިއެއްގެ އިތުރުން ގާނޫނީ ވަކީލެއްގެ ވެސް މެއެވެ. އަދި ހަލީލާ އަކީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި 2014 ވަނަ އަހަރު ވާދަކުރެއްވި ބޭކަނބަލެކެވެ. ހަލީލާ ވަނީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީގައި ކޮމްޕަރޭޓިވް ލޯއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!