ބޮޑުތިލަދުންމައްޗަކީ އިހުޒަމާނުގައި ދިވެހިރާއްޖޭގެ އަތޮޅުތައް ބަހާފައިވާ ތޭރަ ބަޔަށް ބަލާއިރު އެންމެ އުތުރުގެ އަތޮޅެވެ. އިދާރީގޮތުން ތިލަދުންމަތި ބަހާފައިވާ ދެބައިގެ ތެރެއިން ތިލަދުންމަތީ ދެކުނުބުރި (ހދ އަތޮޅު) އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ އާބާދީ ބޮޑު އަތޮޅެވެ. ހދ އަތޮޅުގައި މީހުން ދިރިއުޅެނީ ޖުމްލަ 13 ރަށުގައެވެ. ތިލަދުންމަތީ އުތުރުބުރީ (ހއ އަތޮޅު) ގައިވެސް މީހުން ދިރިއުޅޭ 14 ރަށެއް އޮވެއެވެ. ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްފަދައިން ހއ އަތޮޅާއި ހދ އަތޮޅުގައިވެސް ދިރިއުޅޭ އާބާދީ […]
ޝީޒާ މުހައްމަދު
ސްކޫލަށް ދިޔަމަގުމަތީ މިއަދު ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟ ދަރިފުޅުގެ ދުވަސް ހޭަދަކުރާނެ ގޮތުގެ ވާހަކަ ދެއްކިން ހެއްޔެވެ؟ އޭނާ މިއަދު އެންމެ “ލުކްފޯވަޑް” ކުރާ ކަމަކީ ކޮބައިކަން ބުނި ހެއްޔެވެ؟ ދަރިފުޅު ގޮވައިގެން ސްކޫލަށް ދާއިރު، އަތުގައި ހިފައިގެން ހިނގާލާފަ ދިޔުމަކީ ވަރަށް ސަޅިކަމެކެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވެ އިތުބާރު ބޮޑުވެގެން ދާނެއެވެ. ދުވަސް ފަށާއިރު، ކުއްޖަކަށް އެންމެ ބޭނުންވާ އެއްކަމަކީ މިއަދު އޭނާއާއި ކުރިމަތިވާ ކަންތައްތަކާ ކުރިމަތިލުމުގެ ހިތްވަރެވެ. އަމިއްލަ ނަފްސުގެ މައް...
މުޙައްމަދު ޝިހާބް
އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު ޗިދަމްބަރަމްއަށް، ކޮރަޕްޝަނާއި މަނީލޯންޑްރިންގެ ތުހުމަތުކޮށް ހައްޔަރުކޮށްފިއެވެ. އިންޑިއާގެ ސެންޓަރަލް އިންޓަލިޖެންސް ބިއުރޯ (ސީއައިބީ) ގެ އޮފިޝަލުން އޭނާ ހައްޔަރު ކޮށްފައިވަނީ ނިއުދިއްލީގައި ހުންނަ އޭނާގެ ގެކޮޅުންނެވެ. އިންޑިއާގެ ފައިސާއާބެހޭ ކުށްތަކާއި ދެކޮޅަށް މަސައްކަތްކުރާ ސީއައިބީއާއި ތަންފީޒީ ޑައިރެކްޓްރޭޓުން ތުހުމަތުކުރާ ގޮތުގައި ޗިދަމްބަރަމް ފިނޭންސް މިނިސްޓަރަކަށް ހުރި ދުވަސްވަރު މަޤާމުގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަނީލޯންޑްރިންގ ހަރަކާތްތަކެއްގ...
އިބްރާހިމް އަސްވާޤް
ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ. ދިރާގުން ބުނީ ދިރާގުގެ ވެބްސައިޓުން މި ރެއިން ފެށިގެން ޕްރީއޯޑާ ކުރެވޭނެ ކަމަށެވެ. އަދި ދިރާގު މެދުވެރިކޮށް ޕްރީ އޯޑާ ކުރާ ފަރާތްތަކަށް ސެމްސަންގް ގެލެކްސީ ގަޑިތަކުން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. ދިރާގުގެ ފަރާތުން ވާހަކަދައްކަވަމުން މަހުމޫދް ދެއްސަރ ވިދާޅުވީ މި ފޯނު ކަސްޓަމަރުންނަށް ދައްކާލުމަކީ ވަރަށް އުފާވެރި ކަމެއް […]
އިބްރާހިމް އަސްވާޤް
ނެއްލައިދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން އެފްސީ ފްރެންޑްސް ހޯދައިފިއެވެ. 7 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކުރީ އެފްސީ ފްރެންޑްސް އާއި ނިކަ ސިޓީ ސްޕޯޓްސް ކުލަބެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި 1-2 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކުރީ އެފްސީ ފްރެންޑްސް އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެފްސީ ފްރެންޑްސްއަށް ގޯލު ޖަހައިދިނީ ޖާޒީ ނަމްބަރ 23 ހުސައިން ފަރުހާދެވެ. ދެވަނަ ހާފު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ ނިކަ […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށީގައި ގާއިމުކޮށްފައި ހުންނަ ތާޒާ ފެން އުފައްދާ ކާރުހާނާގެ މެޝިނެއްގައި މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިއްޖެ އެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި މައްސަލަ ޖެހުނީ ފުޅި ބަންދުކުރަން ހުންނަ މެޝިންތަކުގައި ތެރެއިން މެޝިނެއްގަ އެވެ. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ކާރުހާނާގައި ހުރި މެޝިނަކަށް މައްސަލަ ޖެހި ފުޅީގައި ފެން ބަންދުކުރުން ހުއްޓިފައިވަނީ އިއްޔެ އެވެ. މެޝިނުގައި މައްސަލަ ޖެހި ފެން ބަންދުކުރުމަށް މަޑުޖެހުމުން އެކަން ވަނީ އެތަނު...
Thiladhun
އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާއިރު ދައުލަތަށް ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. “ރައްޔިތުންގެ ބާރު – ލާމަރުކަޒީ ހިންގުން” މިނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރުނބާ މޯލްޑިވްސްގައި ފެށި މަހާސިންތާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އިތުރަށް ވިދާޅުވީ، ކައުންސިލްތައް ހިންގުމަށްޓަކައި ލިބެންޖެހޭ މާލީ ބާރުވެރިކަން އެކަށީގެންވާ ވަރަށް ނުލިބޭ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް...
އިބްރާހިމް އަސްވާޤް
ހދ. ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސް ހުރީ ނުކިރިފައިކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ ކުޅުދުއްފުށީގެ މަސްވެރިން އިއްޔެ ބޭނި މަސްވެސް ނުކިރޭ ކަމަށާއި އެކަމާ ގުޅޭގޮތުން މިފްކޯއަށްވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. “އަޅުގަނޑު މިފްކޯއާވެސް ވާހަކަ ދައްކާލިން އެކަމަކުވެސް މި ދިމާވާ މައްސަލަ އަކީ މިފްކޯގައި މި ވަގުތު އޮތީ މަސް ކިރޭ އެންމެ ބޯއްޓެއް” […]
އިބްރާހިމް އަސްވާޤް
މަސްވެރިކަމުގެ ބިލް ފާސްވެގެން އަންނައިރު ތިލަދުންމަތީ މަސްވެރިންނަށް ހައްލެއް ލިބެން ޖެހޭނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތު ކުރިއަރުވަން މަސައްކަތް ކުރާއިރުގައި ބައިވަރު ގޮތްޖެހުންތައް އެބަހުރިކަމަށެވެ. އެގޮތުން ބޮޑު ތިލަދުންމަތީގައި މަސްވެރިން މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރާކަމަށާއި ނަމަވެސް ބާނާ މަސް ވިއްކޭނެ ގޮތެއް ނެތް ކަމަ...
އަބްދުﷲ ޝަފީޢު
ތައުލީމާއި، ސިއްހަތާއި، ވަޒީފާ އަދި ސިޔާސީ ބާރުތައް މާލޭގައި އެކަނި އޮންނަ އޮތުމަށް ނިމުމެއް ގެންނަން ޖެހޭ ކަމަށާއި މިހާރުން މިހާރަށް ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އަނބުރާ ކައުންސިލްތަކަށްދީ، ރައްޔިތުން ބާރުވެރި ކުރުވަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީގެ އެގްޒެކެޓިވް މެނޭޖަރު މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ. އެއިގެ އިތުރުން މަރިޔަމް ޝިއުނާ ވިދާޅުވީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމަށް އިހުމާލުވެފައިވާކަމަށެވެ. އެގޮތުން މި ނިޒާމާ ގުޅޭ ޕޮލިސީތަކާ ގުޅޭގޮތުން ކުރ...
އިބްރާހިމް އަސްވާޤް
ބޭރު ގައުމުތަކުން ލިބުނު އެހީތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަޕްލިމެންޓްރީ ބަޖެޓް މަޖްލީހަށް ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ސަޕްލިމެންޓަރީ ބަޖެޓް ފޮނުވާފައިވަނީ މިއަދު އެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވި ނަމަވެސް އެ ބަޖެޓާ ގުޅޭ އެއްވެސް ތަފްސީލެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ކޮންޓިންޖެންސީ އަށް ވުރ...
އިބްރާހިމް އަސްވާޤް
ގާނޫނު އަސާސީން ކަޝްމީރަށް ދީފައިވާ ހައްޤުތަކަށް އަރައިގަނެފައިވާ ކަމަސްބުނެ، މި މައްސަލަ އިންޓަނޭޝަން ކޯޓް އޮފް ޖަސްޓިސްއަށް ހުށައަޅާނެކަމަށް އަވަށްޓެރި ޕާކިސްތާނުން ބުނެފި އެވެ. އިންޑިއާގެ އެ ނިންމުމަކީ ސީދާ މުސްލިމުންނަށް އަމާޒުކޮށް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހިލާފު ނިންމުމެއްކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. ޖަންމު އަދި ކަޝްމީރުގެ ބައެއް ޕާކިސްތާނުން ކޮންޓްރޯލްކުރާއިރު، އިންޑިއާގެ ކޮންޓްރޯލްގެ ދަށުގައިއޮތް ސަރަހައްދާ އޮތް ވިޔަފާރީގެ ގުޅުމާއި، ދަތުރުކުރުމުގެ ހުއްދަ ވަނީ އު...
އަބްދުﷲ ޝަފީޢު
ރިސޯޓު ހަދަން މާލެ އަތޮޅުން އަލަށް ރަށް ދޫނުކުރަން ނިންމާ ޓޫރިޒަމް ނެތް ހިސާބުތަކަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގައި މިއަދުއޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އަލަށް ރަށްތައް ދޫކުރާއިރު، މާލެ އަތޮޅުން ރަށް ދޫނުކުރަން ނިންމީ މާލެ އަތޮޅުގައި ނުހެދި ގިނަ ރަށް ތަކެއް ހުރުމާއި ގިނަ ރަށް ތަކެއް ދޫކޮށްފައިވާތީ ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައި […]
އިބްރާހިމް އަސްވާޤް
ހދ. ކުޅުދުއްފުށީ ދެކުނު އަވަށުގައި ހުންނަ ދެ ގެއަކަށް ވަގު ވަދެ ރިހާކުރު ފުޅި އަކާއި ތެލުލި ބަނބުކެޔޮ ދަޅެއް ވަގަށް ނަގައިފި އެވެ. ކުޅުދުއްފުށީ އޮންލައިން އިން ރިޕޯޓްކުރާ ގޮތުގައި ދެ ގެޔަކަށް ވަގު ވަދެފައިވަނީ މި މަހުގެ އަށާރަ ވަނަ ދުވަހު ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި އަދި އެ ދެގެއިންވެސް ވައްކަންކޮށްފައިވަނީ ބަދިގެއިން ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން އެއް ގެއަކުން ރިހާކުރު ފުޅިއެއްގެ އިތުރުން ކަރަންޓް ޖަގަކާއި ކޮފީ މިކްސްޗަރެއް ވަގަށް […]
އަބްދުﷲ ޝަފީޢު
ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާ ބެހޭ ދެ ވަނަ މަހާސިންތާ ފަށައިފިއެވެ. މި މަހާސިންތާ ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ކުރުނބާ މޯލްޑިވްސްގައި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމަހާސިންތާގައި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ރަށު ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުން ބައިވެރިވެއެވެ. ރާއްޖޭގައި އޮތް ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި މިނިޒާމް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މި...
އިބްރާހިމް އަސްވާޤް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކޮއްތަށް މަހަކު ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދު ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިޔަށް ދިޔަ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ތިރީސްހަތް ވަނަ ޖަލްސާގައި، މަޖިލީހުގެ ކޮއްތަށް ޚަރަދުވާ މިންވަރު އޮޅުންފިލުވުމަށް އާންމު މީހަކު މަޖިލީހަށް ފޮނުވާފައިވާ ސިޓީއާ ބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮއްތަށ...
އަބްދުﷲ ޝަފީޢު
ނ. ހޮޅުދޫގައި އަމިއްލަ ފަރާތަކުން ފިޓްނަސް ސެންޓަރެއް ހުޅުވައިފި އެވެ. ހޮޅުދޫގައި މި ފިޓްނަސް ސެންޓަރު ގާއިމުކޮށްފައިވަނީ އެ ރަށަށް ކުޅިވަރުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އަންނަ މޫސާ އިބްރާހީމް އެވެ. ހޮޅުދޫ ރައްޔިތުންނަށް އެ ރަށުގައި ފިޓްނަސް ސެންޓަރެއް ހުޅުވިއިރު، މިއީ ނ. އަތޮޅުގައިވެސް އަމިއްލަ ފަރާތަކުން އިސްނަގައިގެން ފިޓްނަސް ސެންޓަރެއް ހުޅުވި ފުރަތަމަ ފަހަރެވެ. ހޮޅުދޫ ރައްޔިތުންނަށް ފިޓްނަސް ސެންޓަރެއް އެ ރަށުގައި ހުޅުވި މޫސަ ބުނީ މި ސެންޓަރަކީ ހޮޅުދޫގެ މުޖުތަމައަށް އެތަށް […...
Thiladhun
ކުޅުދުއްފުށީ އެއާޕޯޓަށްކައި ކުޅީގެ ބޮޑު ބައެއް ގުރުބާން ކުރަން ޖެހުން އެއީ ދެރައެކެވެ. އެކަމަކު، އެއަށްވުރެ ރައްޔިތުން އުފާވަނީ އެ ތަނަށް ފްލައިޓް ޖައްސާތަން ފެނުމުންނެވެ.
ނ. ހަސަން