މޯލްޑިވިއަންގެ ސީޕްލޭން މެއިންޓެނަންސްއަށްފަހު އެނބުރި އިންޑިއާއަށް
އިންޑިއާގައި ބޭނުން ކުރާ ހަމައެކަނި ސީޕްލޭން މެއިންޓެނަންސަށް ރާއްޖެއަށް ގެނައުމަށްފަހު އެނބުރި އިންޑިއާއަށް ގެންގޮސްފިއެވެ. މިއީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭން ފެށި ފަހުން މެއިންޓެނަންސަށް ސީޕްލޭން ރާއްޖެ ގެނައި 2 ވަނަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހުވެސް ހިދުމަތް މެދުކަނޑާލުމަށްފު މެއިންޓަނަންސަށް އެ ސީޕްލޭން ރާއްޖެ ގެނައެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދެނީ ސްޕައިސް ޖެޓުންނެވެ. އެ އެއާލައިނުން މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން ލީޒް ކޮށްފައިވާ ބޯޓެކެވެ. “ސްޕައިސް ޝަ...