އެންނެ ފަސް ދުވަހުގެ ތެރޭގައި ކ. ގުރައިދޫގައި ގިނަ ވެފައި ހުރި ކުނިތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގައި ހުސްކޮށްލައިފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މި ޕްރޮޖެކްޓުގެ ދަށުން ގުރައިދޫން 1200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މިއާއެކު މިހާރު އެ ރަށުގެ ކުނި ކޮށި ހުރިސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

ރައީސް އޮފީހުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮޖެކްޓުގެ ދަށުން ކުނި ނެގުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ރަށުގެމަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށް ވެމްކޯއިން ބުންޏެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ގިނަވެފައި ހުރި ކުނި ނައްތާލައި ރަށްތައް ސާފު ކުރުމުގެ މަގުސަދުގައި ރައީސް އޮފީހުން ފެށި ޕްރޮޖެކްޓެކެވެ. މި ޕްެރޮޖެކްޓުގެ ދަށުންކުޅުދުއްފުށީގެ އިތުރުން ފުވައްމުލަކުގައިވެސް އަންނަނީ ކުނި ނަގަމުންނެވެ.