ޓެކްނިކަލް އެންޑް ވޮކޭޝަން އެޑިއުކޭޝަން އެންޑް ޓްރޭނިން އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) ގައި ކިޔަވާ 50 ދަރިވަރަކަށް އެސްޓީއޯއިން ތަމްރީން ހޯދުމުގެ ފުރުސަތު ދޭން އެއްބަސްވެއްޖެއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ޓިވެޓް އޮތޯރިޓީއާ ދެމެދު މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. އެގޮތުން މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ. ޓިވެޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އާމިނަތު އާސްރާއެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ޓިވެޓުގެ ކޯސްތަކުގައި ބައިވެރިވެގެން އުޅޭ 50 ދަރިވަރަކަށް އެސްޓީއޯގައި ހަތަރު ދާއިރަައަކުން ތަމްރީން ވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
އަދި އެ ދަރިވަރުން އެސްޓީއޯގައި މަސައްކަތް ކުރާނީ "ފުލް ޓައިމް އެމްޕްލޯއީމެންޓް ބޭސްޑް ޓްރެއިނިން" ގެ ގޮތުގައި ވަޒީފާގެ މާހައުލުން މަސައްކަތުގެ ހުނަރު ދަސްވާނެ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތަމްރީން ދޭ ދާއިރާތައް
- އޮޓޯމޯޓިވް މެއިންޓެނެންސް (10 ދަރިވަރުން)
- ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން (2 ދަރިވަރުން)
- އިލެކްޓްރިޝަން (2 ދަރިވަރުން)
- ރީޓެއިލް ސާވިސަސް (36 ދަރިވަރުން)
މި ޕްރޮގްރާމް ހިންގާނީ ޓިވެޓްގެ ނޭޝަނަލް ކޮމްޕީޓެންސީ މިންގަށުތަކާ އެއްގޮތަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
MOU signing ceremony between STO and TVET on conducting an Apprenticeship Program. pic.twitter.com/6hEnpVSdPw
— STO (@stoplc) February 16, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!