ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މިއަދުން ފެށިގެން އެކްސްޕީރިއެންސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 2:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

Ad
rt

އުރީދޫ އިން މި ބަދަލުތައް ގެނައީ ކޮވިޑް-19 ތިންވަނަ ފަހަރަށް ފެތުރެން ފެށުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެންނެވެ. އަދި މިއީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ވަނީ މިހާލަތުގައި އެކްސްޕީރިއެންސް ސެންޓަރުތަކަށް ޒިޔާރަތް ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ލިބޭ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރު ބާރު އަޅައިފައެވެ. އަދި އެ ކުންފުނީގެ ޑިޖިޓަލް ސެންޓަރުތައް ވެސް މި ދުވަސްވަރު ބޭނުން ކުރުމަށް އުރީދޫ އިން ބާރު އަޅައެވެ.