އިންޑިއާގެ ވިސްތާރާ އެއާލައިންގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަން ތައްޔާރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ. އަދި އެ އެއާލައިންގެ އޭ320 ނިއޯ އެއާކްރާފްޓް ރާއްޖެއަށް ހަފުތާއަކު ތިން ދުވަހު ދަތުރު ކުރާނެ ކަމަށްވެސް އެ ނޫސްތަކުގަިއ ވަނީ ރިޕޯޓް ކޮށްފައެވެ.
ވިސްތާރާއިން މިހާރު ވަނީ ރާއްޖޭގެ ދަތުރުތަކަށް އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފައެވެ. އެގޮތުން ރާއްޖެއިން މުމްބާއީއަށް ދަތުރުކުރަން ދެކޮޅު ޓިކެޓުގެ އަގަކީ 3،499ރ. އެވެ.
ވިސްތާރާ އަކީ އިންޑިއާގެ ޓާޓާ ސަންސް އާއި ސިންގަޕޯ އެއާލައިންގެ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ. މި އެއާލައިންގެ ދަތުރުތައް އަންނަ މާޗް ތިން ވަނަ ދުވަހު ރާއްޖެއަށް ފަށާނެ އެވެ.
މިހާރު ވެސް އިންޑިއާގެ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރު ކުރެ އެވެ. މީގެ ތެރޭގައި އެއާ އިންޑިއާ، ގޯއެއާ، ސްޕައިސް ޖެޓް އަދި އިންޑިގޯ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!