ހއ. ތަކަންދޫގެ ފެނަކަ އާ އޮފީސް އިމާރާތް ކުރާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނުގައި ބުނީ އެ ކުންފުނިން ހޯދަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތި ބޭނުންކޮށްގެން މަސައްކަތް ކޮށްދޭނެ ފަރާތެއް ކަމަށެވެ.

Ad
rt

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 އިން 16 އަށް ފެނަކަ އޮފީހަށް ގޮސް ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ޕްރޮޖެކްޓާ ގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ގައި ހުޅުވާލާނެއެވެ.

މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާހާއި ކުރެހުމާއި ބީ.އޯ.ކިޔު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް ފެނަކައިން ބުންޏެވެ.

ތަކަންދޫ ފެނަކަ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުސްވިއަހަރުގެ ޑިސެމްބަރު މަހުގެ30 ވަނަ ދުވަހުވެސް ފެނަކައިން ޢިއުލާން ކުރިއެވެ. ނަމަވެސް އަލުން އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޢިއުލާން ކުރި ވަކި ސަަބަބެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައު އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.