ރާއްޖޭގެ ރަށްތަށް ފެހި ކުރުމަށް ސަރުކާރުން ފެށި "ރަށް ފެހި" ޕްރޮގްރާމު މި އަހަރުވެސް ސްޓެލްކޯއިން ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ވަނީ 2019ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކޮންމެ އަހަރަކު މި ޕްރޮގްރާމުގެ ދަށުން އެ ކުންފުނީގެ އޮފީސްތައް ހުންނަ ރަށްރަށުގައި ގަސްތައް އިންދާފައެވެ. އެގޮތުން 2019ވަނަ އަހަރު 2000 ގަސް އިންދާފައިވާއިރު މިދިޔަ އަހަރު 3000 ގަސް ވަނީ އިންދާފައެވެ.
އެ ކުންފުނިން މިއަހަރު އަމާޒު ހިފާފައިވަނީ 5000 ގަސް އިންދުމަށެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން މިއަހަރު މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ނުގެންދާނެއެވެ.
ރައީސް @ibusolih ފައްޓަވާދެއްވާފައިވާ "ރަށް ފެހި" ޕްރޮގްރާމް މި އަހަރުވެސް މާލެ ސަރަހައްދު ފިޔަވާ މިކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި އިއްޔެވަނީ ކުރިޔަށް ގެންދެވިފައި. 1/2 pic.twitter.com/6Q7QI8EQ3U
— STELCO (@STELCOMALDIVES) February 15, 2021
މުޅި ރާއްޖެ ފެހިކުރުމަށް ހިންގާ ޤައުމީ ހަރަކާތް "ރަށް ފެހި" ޕްރޮގްރާމް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އިފްތިތާޙުކޮށްދެއްވީ 15 ޑިސެމްބަރު 2018 ގައެވެ. މިއީ ތިމާވެއްޓަށް ހޭލުންތެރިކޮށް ތިމާވެއްޓާއި ރައްޓެހި ކަންކަމަށް މީހުން އަހުލުވެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!