މިރޭ 11:00ން ދަންވަރު 2:00އަށް މާފަންނުގެ ވަކި ހިސާބަކުން ފެނުގެ ހިދުމަތް ކެނޑޭނެކަމަށް މޯލްޑީވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މިރޭ ކުރި އިއުލާނެއްގައި ބުނީ ފެނުގެ ހިދުމަތް މެދުކެނޑޭނީ ފްލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގެތަކާއި ހަވީރީ ހިނގުމާއި ފްލޫނިޔާ މަގާ ދެމެދުން، ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގެތަކަކުން ކަމަށެވެ.

Ad
rt

ެފެނުގެ ހިދުމަތް މެދުކަނޑާލަނީ މާލޭގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓު"ގެ ދަށުން ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަޅާފައިވާ ފެން ހޮޅި ވަޅުލުމަށް މިރޭ ތިން ގަޑިއިރަށް އެ ސަރަހައްދުގައި މަސައްކަތް ކުރަން ޖެހޭތީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި ވަގުތުތަކުގައި އެ ސަރަހައްދުގައި ދިރިއުޅޭ އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޑަބްލިއުއެސްސީން ވަނީ މައާފަށް އެދިފައެވެ.