އިންޑިއާގައި ބޭނުން ކުރާ ހަމައެކަނި ސީޕްލޭން މެއިންޓެނަންސަށް ރާއްޖެއަށް ގެނައުމަށްފަހު އެނބުރި އިންޑިއާއަށް ގެންގޮސްފިއެވެ.

މިއީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭން ފެށި ފަހުން މެއިންޓެނަންސަށް ސީޕްލޭން ރާއްޖެ ގެނައި 2 ވަނަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހުވެސް ހިދުމަތް މެދުކަނޑާލުމަށްފު މެއިންޓަނަންސަށް އެ ސީޕްލޭން ރާއްޖެ ގެނައެވެ.

Ad
rt

އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދެނީ ސްޕައިސް ޖެޓުންނެވެ. އެ އެއާލައިނުން މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން ލީޒް ކޮށްފައިވާ ބޯޓެކެވެ.

"ސްޕައިސް ޝަޓްލް" ގެ ނަމުގައި ކުރާ މި ދަތުރުތަކުގައި ބޭނުންކުރާ ބޯޓު ރާއްޖެއަށް ގެނެސްފައިވަނީމެއިންޓެނަންސް މަސައްކަތް ކުރާނެ ހެނގަރެއް އިންޑިއާގައިނެތުމުންނެވެ.

މޯލްޑިވިއަންގެ އެހީގައި އިންޑިއާގައި ފެށި ސީޕްލޭން ދަތުރުތައް ބާއްވަނީ ކެވާޑިއާ އާއި އަހުމަދު އާބާދާ ދެމެދުގައެވެ. މި ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 31 ގައެވެ.