ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7000 ހައުސިން ޔުނިޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމާލައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑަބްލިއުއެސްސީއާ ހަވާލު ކުރި މި ޕްރޮޖެންޓު އެ ކުންފުނިން ނިންމާފައިވަނީ ތާވަލު ކުރި މުއްދަތަށް ވުރެ އަވަހަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ 16 ޓަވަރަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ބޭނުންވާ 3.7 ކިލޯމީޓަރުގެ ފެނުގެ މައި ނެޓްވޯކަކާއި 200 މީޓަރުގެޕަމްޕިން ލައިނެއް ވަނީ ގާއިމް ކޮށްފައެވެ. އަދި އެ ސަރަހައްދުގައި ނަރުދަމާގެ ޕަމްޕިން ސްޓޭޝަނެއްވެސް ވަނީ ބަހައްޓައިފައެވެ.

މީގެ އިތުރުން ފެނުގެ ހިދުމަތް ދިނުމަށް 16 ޓަވަރުގައިވެސް ފެން މީޓަރުތައް ވަނީ ބަހައްޓައިފައެވެ.

ހިޔާ ފްލެޓުތަކަށް ނަރުދަމާގެ ހިދުމަތް ގުޅައި ފެނުގެ ހިދުމަތް ފޯރުކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާއިރު އެތަންތަނަށް ކަރަންޓުގެ ހިދުމަތްދޭން ސްޓެލްކޯއިން ވަނީ މަސައްކަތް ފަށައިފައެވެ.