ކޮންމެ މަހަކު ކަރަންޓު ބިލަށް އެއްވަރެއް ދެއްކޭ ގޮތަށް "އީކުއަލް ޕޭމެންޓް ސިސްޓަމް" ޕްލޭނެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ތައާރަފުކޮށްފިއެވެ.
މި ޕްލޭން ތައާރަފުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އެ ކުންފުނިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، މި ޕްލޭނާ އެކު ކަސްޓަމަރުންނަށް ކޮންމެ މަހެއްގައި ކަރަންޓަށް ހޭދަކުރަން ބޭނުންވާ ވަރު ބަޖެޓު ކުރެވޭނެ ކަމަށެވެ. މި ޕްލޭން ތައާރަފުކުރީ މިދިޔަ ދެ އަހަރުގެ ކަސްޓަމަރުން ކަރަންޓު ހޭދަ ކުރާ ވަރު ބެލުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ކަހަލަ ޕްލޭނަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގެންގުޅޭ ޕްލޭނެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޕްލޭންގެ ފައިދާ އިހުސާސްވެ، މީގެ ބޭނުން ގިނަ ކަސްޓަމަރުން ބޭނުންކުރުން،" މުޣުނީ ވިދާޅުވިއެވެ.
މި ޕްލޭން ނަގާ ކަސްޓަމަރުންނަށް ބިލް ބަޖެޓްކޮށް، ކޮންމެ މަހެއްގައިވެސް ބިލަށް ބޭނުންވާ އަދަދު ކަނޑައެޅޭނެއެވެ. މި ޕްލޭން ނެގުމުން އެ މަހެއްގައި ބިލަށް ދައްކަން ކަނޑައަޅާ އަދަދު ފިޔަވައި އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.
އީކުއަލް ޕޭމަންޓް ޕްލޭނަކީ ގޭގެއިން ކަރަންޓު ބޭނުންކުރާ ނިސްބަތުގެ އެވްރެޖަށް ބަލައި ކޮންމެ މަހަކު ވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭންގައި ބައިވެރިވެވޭނީ ކޮންމެ ގެއެއްގެ ވެސް ވެރި ފަރާތަށެވެ. ގޭގައި ކުއްޔަށް އުޅޭ މީހުންނަށް ޕްލޭންގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ބޭނުންވާނެއެވެ.
މި ޕްލޭނުގަަި ބައިވެރިވެވޭނީ ހުރިހާ ބިލަކަށް ފައިސާ ދައްކާފައި ހުރި ކަސްޓަމަރުންނަށެވެ.
މި ގޮތަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅާނީ ފާއިތުވެދިޔަ 12 މަސް ދުވަހުގެ ކަރަންޓް ބޭނުންކޮށްފައިވާ ވަރު ބެލުމަށް ފަހު އެވްރެޖު ޔޫސޭޖެއް ކަނޑައަޅައިގެންނެވެ. އެއީ އަލަށް ކަރަންޓު ބޭނުން ކުރާ ގެއެއް ނަމަ އެ ތަނެއްގެ ކުޑަ ބޮޑުމިނާއި ބޭނުން ކުރަ ތަކެތީގެ ލޯޑަށް ބެލުމަށް ފަހު އަދަދެއް ކަނޑައަޅާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!