ހދ. ހަނިމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 30 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން، ބަނދަރަށް އަލަށް އިތުރު ކުރާ ބައިގެ ބަނދަރު ފުން ކުރުމުގެ 68 އިންސައްތަ އާއި ކުރީގެ ބަނދަރު އަލުން ފުން ކުރުމުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން 53،522.50 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެއެވެ. އަދި 31،575.50 ސަރަހައްދުގެ ނެރު ފުންކުރުމާއި 355 މީޓަރުގެ ބޭރު ތޮށިލުމާއި 50 މީޓަރު ސަރަހައްދުގެ ރިވެޓް މެންޓު ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 30 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %68 އާއި ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތުގެ %90 ވަނީ ނިމިފައި. #MTCCProjects pic.twitter.com/yahR1wt7ad
— MTCC Plc (@MTCCPlc) February 15, 2021
މީގެ އިތުރުން 270 މީޓަރުގެ އެއްގަމު ތޮށި ލުމާއި 2583 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!