ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރަށް އިތުރު ކުރާ ބައި ފުން ކުރުމުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މައުލޫމާތު ދޭގޮތުގައި މި މަޝްރޫއުގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެއެވެ. އަދި 350 މީޓަރުގެ ބޭރު ތޮށިލުމާއި 500 މީޓަރު ސަރަހައްދުގެ ރިވެޓް މެންޓު ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މީގެ އިތުރުން ނެރު ބައްތި ޖެހުމާއި މަގު ބައްތި ހަރު ކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

މި މަޝްރޫއަކީ 56.3 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީ އިން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ.