ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ "އެޕަލް ޕޭ" އިން ބިޓްކޮއިން ފަދަ ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ފަށައިފިއެވެ.
ބިޓްކޮއިން އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ޑިޖިޓަލް ފައިސާއެކެވެ. މި ފައިސާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ އެމެރިކާގައެވެ.
ބިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާގެ އެޕެއް ކަމަށްވާ "ބިޓް ޕޭ" އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މިހާރު ބިޓްޕޭ މާސްޓަކާޑުތައް އެޕަލް ޕޭ ވޮލެޓަށް އެޑްކުރެވޭނެއެވެ. އަދި އެޕަލް ބްރޭންޑުގެ ތަކެތި ގަތުމަށް ޑިޖިޓަލް ފައިސާ ބޭނުން ކުރެވޭނެ ކަމަށްވެސް ބިޓް ޕޭއިން ބުނެއެވެ.
އެޕަލް ޕޭގެ އިތުރުން ސެމްސަންގް އާއި ގޫގަލް ޕްލޭއިން ވެސް އަންނަނީ މިފަދަ ފައިސާ ބަލައިގަންނަން ތައްޔާރުވަމުންނެވެ. އެގޮތުން މި އަހަރުގެ ތެރޭގައި މި ހިދުމަތްފެށޭނެ ކަމަށް ބިޓް ޕޭއިން ވަނީ ބުނެފައެވެ. ނަމަވެސް ވަކި ތާރީހެއް މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ.
މާސްޓަ ކާޑާއި ޕޭޕާލް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް މިހާރު ޑިޖިޓަލް ފައިސާ ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!