މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
293 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި
Thiladhunmathi News

ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނު...

ގަލަގާގެ ދެ ލަނޑުން މޮޅުވެ ޗެލްސީއަށް ހަމަޖެހުމެއް
Sports

ގަލަގާގެ ދެ ލަނޑުން މޮޅުވެ ޗެލްސީއަށް ހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު، ގަލަގާގެ ލަނޑުތަކުން ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖައިންނެވެ. ޕްރިމިއާ ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވީ ބައްޔެވެ. މި ސީޒަންގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ރޭ މެޗަށް ނުކުތްއިރު އެ ޓީމް އޮތީ ތާވަލުގެ 12 ވަނައަށް ވެއްޓިފައެވެ. ރޭ މޮޅާއިއެކު […]

މަކުނުދޫއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި
Thiladhunmathi News

މަކުނުދޫއިން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ވަގުތީ ލިސްޓް އާންމުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއިން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމު ކޮށްފިއެވެ. ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން މިހާރު ހުޅުވާލާފައިވާއިރު، އެކަމަށް ހާއްސަ ކުރެވިފައިވާ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 15 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ ރަށު ކައުންސިލުން އެދެއެވެ. ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ތަފްޞީލް): https://shorturl.at/lmEKL ޕޮއިންޓް ލިބުނުގޮތުގެ ވަގުތީ ލިސްޓް (ޚުލާސާ): https://sho...

ގްނަޑާ އަތުން ބާސާ ސަލާމަތް ކޮށްދިނީ ޒުވާން ތަރި ޔަމާލް
Sports

ގްނަޑާ އަތުން ބާސާ ސަލާމަތް ކޮށްދިނީ ޒުވާން ތަރި ޔަމާލް

ރޭ ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ގްރެނާޑާ ބައްދަލުކުރި މެޗުން ގްރެނާޑާ މޮޅުވާން ދަނިކޮށް ބާސާގެ ޒުވާން ތަރި ލެމީން ޔަމާލް ލަނޑުޖަހައި ބާސާ ބަލިން ސަލާމަތް ކޮށްދީފިއެވެ. ބާސާ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ބާސާއިންނެވެ. މި ލަނޑު 14 ވަނަ މިނެޓުގައި ކެންސެލޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ […]

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓުން ހޯދައިފި
Sports

އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން އައިވަރީ ކޯސްޓުން ހޯދައިފި

އަމިއްލަ ގައުމުގައި ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނައިޖީރިއާ ބަލިކޮށް އައިވަރީ ކޯސްޓުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. އައިވަރީ ކޯސްޓުން ފައިނަލް މެޗު ކާމިޔާބުކުރީ ނައިޖީރިއާ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނައިޖީރިއާއިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ޖަހައިދިނީ އެ ޓީމްގެ ފަހަތަށްކުޅޭ ވިލިއަމް ޓްރޫސްޓްއެވެ. މި ލަނޑު […]

ވެސްޓްހޭމް އަތުން އާސެނަލްއަށް ބޮޑު މޮޅެއް
Sports

ވެސްޓްހޭމް އަތުން އާސެނަލްއަށް ބޮޑު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ވެސްޓްހޭމް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ. މިއީ އަމިއްލަ ދަނޑުގައި ހަ ލަނޑުގެ ތަފާތަކުން ވެސްޓްހޭމް ބަލިވި ދެވަނަ ފަހަރެވެ. އެ ޓީމް ވަނީ 1963-64 ސީޒަންގައި ބްލެކްބާން އަތުން 8-2 ގެ ނަތީޖާއިން ބަލިވެފައެވެ. ވެސްޓްހޭމް ދޫކޮށް މި ސީޒަންގައި އާސެނަލާއި ގުޅުނު ޑެކްލަން ރައިސްގެ ފަރާތުން މި މެޗުގައި […]

ބަޔާން މިއުނިކަށް ވެސް ލެވަކޫސެން ނުހިފެހެއްޓުނު
Sports

ބަޔާން މިއުނިކަށް ވެސް ލެވަކޫސެން ނުހިފެހެއްޓުނު

މި ސީޒަންގައި އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާން ލެވަކޫސެން އަތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ވެސް ބަލިވެއްޖެއެވެ. ރޭ ޖަރުމަނު ލީގުގައި މި ދެ ޓީން ވާދަކުރި މެޗު ލެވަކޫސެން އިން ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއިންނެވެ. ކުރީ ރެއާލް މެޑްރިޑާއި ލިވަޕޫލުގެ އިތުރުން ބަޔާން މިއުނިކްގެ މެދުތެރޭގައު މޮޅު ކުޅުމެއް ދެއްކި، ސްޕެއިންގެ ޒަބީ އެލަންސޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ލެވަކޫސެން އިން އަދި މިސީޒަންގައި ބަލިވެފައި […]

އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި
Sports

އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރުން ދިފާއުކޮށްފި

އޭޝިއަން ކަޕް 2024، ގެ ފައިނަލުގައި ޖޯޑަންގެ ބަލިކޮށް، މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ގަތަރުން ކާމިޔާބު ކޮށްފިއެވެ. ގަތަރުގެ ލުސައިލް ސިޓީގެ ސްޓޭޑިއަމްގައި ރޭ ކުޅުން ފައިނަލް މެޗު ގަތަރުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޖޯޑަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ރޭ މެޗުގައި ގަތަރުން ކާމިޔާބުކުރި ތިން ކަނޑުވެސް ޖެހީ ޕެނަލްޓީންނެވެ. މި ތިން ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމްގެ އަކުރަމް އަފީފް ވަނީ ހެޓްރިކް ހަދާފައެވެ. ޖޯޑަންގެ ހަމައެކަނި […]

މެޗެއް އިތުރަށް ކުޅެގެން ލިވަޕޫލް އެއްވަނައަށް
Sports

މެޗެއް އިތުރަށް ކުޅެގެން ލިވަޕޫލް އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބާންލީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން ވަނީ 3-1 ގެ ނަތީޖާއިން ބާންލީ ބަލިކޮށްފައެވެ. މި މޮޅާއިއެކު މެންޗެސްޓާ ސިޓީއަށްވުރެ އެއްމެޗު އިތުރަށް ކުޅެގެން ލިވަޕޫލު ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ލިވަޕޫލުން 24 މެޗުން 54 ޕޮއިންޓް ހޯދާފައިވާއިރު، ސިޓީން ވަނީ 23 މެޗުން 52 ޕޮއިންޓް ހޯދާފައެވެ. ލިވަޕޫލް އަތުން ބަލިވި ބާންލީ މިވަގުތު އޮތީ […]

ޖިރޯނާ ބަލިކޮށް ރެއާލުން ލީޑު ފުޅާކޮށްފި
Sports

ޖިރޯނާ ބަލިކޮށް ރެއާލުން ލީޑު ފުޅާކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ޖިރޯނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލުން ލީޑު ފުޅާކޮށްފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއިން ވަނީ ޖިރޯނާ ބަލިކޮށްފައެވެ. ޕޮއިންޓް ތާވަލުގެ އެންމެ ކުރީ އޮތް މި ދެ ޓީމަށް ރޭގެ މެޗުގެ ނަތީޖާ އޮތީ ވަރަށް ބޮޑަށް މުހިންމުވެފައެވެ. މި މެޗު ކާމިޔާބު ކޮށްގެން ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ޖިރޯނާއަށް އޮތެވެ. ނަމަވެސް ބަލިވުމުން ރެއާލަށް ވަނީ އެއްވަނާގައި […]

ހާލަންޑުގެ ލަނޑުތަކުން ސިޓީ އަސްލު މަގާމަށް
Sports

ހާލަންޑުގެ ލަނޑުތަކުން ސިޓީ އަސްލު މަގާމަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުން މޮޅުވެ ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ސިޓީއަށް 23 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް 23 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. މިރޭ ލިވަޕޫލާއި ބާންލީ ބައްދަލުކިރާ މެޗު ކާމިޔާބު ކޮށްގެން، ސިޓީއަށްވުރެ […]

ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރަނީ
Thiladhunmathi News

ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި ބޯޓް ބީޗިން އޭރިއާއެއް ތަރައްގީ ކުރުމަށް އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ހޯރަފުށީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަވަނަ ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެ ރަށުގެ ދެކުނު ތުނޑި ސަރަހައްދުގައި ތަރައްގީކުރާ ބޯޓް ބީޗިން އޭރިއާ އާއި ގުޅޭގޮތުން މައުލޫމާތު ދެމުން އެ ރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ބުނީ މިހާރު ފެށުމަށް ތައްޔާރުވަމުން މިދަނީ ބޯޓް ބީޗިންގެ ފުރަތަމަ މަރުހަލާ ކަމަށާއި، މި މަރުހަލާގެ […]

އަހަރަކަށް ފަހު އެތުލެޓިކޯ އަމިއްލަ ދަނޑުގައި ބަލިވެއްޖެ
Sports

އަހަރަކަށް ފަހު އެތުލެޓިކޯ އަމިއްލަ ދަނޑުގައި ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބަލިނުވެ އަހަރަކަށްވުރެ ގިނަ ދުވަސްވުމަށް ފަހު އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެއްޖެއެވެ. ރޭ އެ ޓީމް އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ ކޮޕަ ޑެލް ރޭ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި އެތުލެޓިކް ބިލްބާއޯ (1-0) އަތުންނެވެ. އެންމެފަހުން އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު، ލީގު މެޗެއްގައި ބާސެލޯނާ އަތުންނެވެ. އެ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފާއިތުވި […]

ވިލާ ބަލިކޮށް ޗެލްސީ އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް
Sports

ވިލާ ބަލިކޮށް ޗެލްސީ އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގެ ދެވަނަ ލެގުގައި އެސްޓަންވިލާ ބަލިކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފިއެވެ. އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މިދިޔަ މަހުގެ ފަހުކޮޅު ޗެލްސީ ދަނޑުގައި، ވިލާއާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު ނަތީޖާ ނެރުމަށް ދެވަނަ ލެގު ކުޅެން ޖެހުނުއިރު، އެ މެޗު ރޭ ކުޅެފައިވަނީ އެސްޓަންވިލާގެ ދަނޑުގައެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި […]

ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް
Thiladhunmathi News

ހދ.އަތޮޅު ޗެމްޕިއަންކަން ނައިވާދޫއަށް، ހއ.އަތޮޅު ޗެމްޕިއަންކަން ދިއްދޫއަށް

“ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ހދ.އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫއިން ހޯދިއިރު، ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫއިން ހޯދައިފިއެވެ. ރޭ ރެހެންދި ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު ހދ.އަތޮޅު ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޮޅިވަރަމެވެ. މި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ނައިވާދޫއިންނެވެ. މި މެޗުގައި ނައިވާދޫ ޓީމުގެ މުހައްމަދު ޝާއިން ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. […]