އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗު ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މި މެޗުން މޮޅުވެ ސިޓީ ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ސިޓީއަށް 23 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް 23 މެޗުން ލިބިފައި ވަނީ 51 ޕޮއިންޓެވެ. މިރޭ ލިވަޕޫލާއި ބާންލީ ބައްދަލުކިރާ މެޗު ކާމިޔާބު ކޮށްގެން، ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. މި މެޗުން ބަލިވި އެވަޓަން މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ. އެ ޓީމް 18 ވަނާގައި އޮތީ 24 މެޗުން ލިބުނު 19 ޕޮއިންޓާއި އެކުގައެވެ.
ހުރިހާ މުބާރާތެއް ހިމެނޭހެން މިއީ ސިޓީ ޖެހިޖެހިގެން ހޯދި ދިހަވަނަ މޮޅެވެ. ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ.
މިރޭ ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ހާލަންޑެވެ. ފުރަތަމަ ލަނޑު 71 ވަނަ މިނެޓުގައި ނެގި ކޯނަރަކުން ހާލަންޑް ޖެހިއިރު ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ޖެހީ ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. މިއީ މިދިޔަ އަހަރު ފައިތިލައަށް ލިބުނު އަނިޔާއިން ސަލާމަތްވަގެނެ ދާދި ފަހުން ކުޅުމުގެ ތެރެއަށް އައިސް އޭނާ ސިޓީއަށް ލަނޑުޖަހައިދިން ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!