އަމިއްލަ ދަނޑުގައި ބަލިނުވެ އަހަރަކަށްވުރެ ގިނަ ދުވަސްވުމަށް ފަހު އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެއްޖެއެވެ.

ރޭ އެ ޓީމް އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ ކޮޕަ ޑެލް ރޭ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗުގައި އެތުލެޓިކް ބިލްބާއޯ (1-0) އަތުންނެވެ.

Ad
rt

އެންމެފަހުން އެތުލެޓިކޯ މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު، ލީގު މެޗެއްގައި ބާސެލޯނާ އަތުންނެވެ. އެ މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ފާއިތުވި އަހަރެއްހާ ދުވަސްތެރޭ އެތުލެޓިކޯއިން ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 28 މެޗު ކުޅެފައެވެ.

ކޮޕަ ޑެލް ރޭގެ ފުރަތަމަ ލެގުގެ މެޗުގައި ރޭ ބިލްބާއޯއިން ޖެހި ހަމައެކަނި ލަނޑު 25 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އަލެކްސް ބެރެންގޭރް އެވެ.

ކޮޕަ ޑެލް ރޭގެ ސެމީ ފައިނަލް މެޗުގައި ރެއާލް ސޮސިއެޑާޑްއާއި މަޔޯކާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި (0-0) އެއްވަރު ވެގެންނެވެ.

ދެވަނަ ލެގުގެ މެޗުތައް ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 27 އާއި 29 ގައެވެ.